Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ": ޝިޔާމް

"ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ": ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
112 ދުވަސް ކުރިން - 16 މެއި 2026 11:53
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޝިޔާމް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބެލެވޭ ގޮތުގައި ޝިޔާމް މިފަދަ ޕޯސްޓެއް ކުރެއްވީ، މީގެ ކުރިން ސިޔާސީ ގޮތުން އެންމެ ވާދަވެރި ތިން ރައީސުން ކުއްލި ގޮތަކަށް ގުޅިވަޑައިގަތުމާ ގުޅިގެން.

ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ސިޔާސީ ގޮތުން އެއްގަލަކަށް އަރުއްވައި، އެކުގައި މަސައްކަތް ކުރެއްވުމަށް އެއްބަސްވުމެއްގައި ސޮއިކުރެއްވުމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މިނިސްޓަރު ޝިޔާމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ދައްކަވަންހުރި ތަނެއް ދައްކަވާފައި ގެންދަވާނީ!" މިފަދައިންނެވެ. ބެލެވޭ ގޮތުގައި ޝިޔާމް މިފަދަ ޕޯސްޓެއް ކުރެއްވީ، މީގެ ކުރިން ސިޔާސީ ގޮތުން އެންމެ ވާދަވެރި އަދި އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ތިން ރައީސުން ކުއްލި ގޮތަކަށް ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

Advertisement

Advertisement 1

ހާއްސަކޮށް ރައީސް ޔާމީނަކީ މީގެ ކުރިން ޕީޕީއެމް/ޕީއެންސީ ފިކުރުގައި ހުންނެވުމަށްފަހު، ސަރުކާރާ ހިޔާލުތަފާތުވެ "ޕީއެންއެފް" ގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. މީގެ ކުރިން އެތައް ފަހަރަކު އެމްޑީޕީއާއެކު ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، ރޭގެ ވަގުތެއްގައި އެމްޑީޕީގެ އިސްލީޑަރުންނާއެކު އެއްބަސްވުމެއްގައި ސޮއިކުރެއްވުމުން، ޔާމީން ކުރިން ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނާއި ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން، ރައީސް ޔާމީން މިހާރު އުފައްދަވައިގެން އުޅުއްވާ ޕީއެންއެފްގެ ބައެއް ސަޕޯޓަރުންވެސް، އެމަނިކުފާނު ނިންމެވި މި ނިންމެވުމާ މެދު ހިތްހަމަނުޖެހި، ފާޑުކިޔުންތައް އަމާޒުކުރަމުންދާކަން ފާހަގަކުރެވެ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމަކީ ޕީޕީއެމްގައި ރައީސް ޔާމީނާއެކު ވަރަށް އަރިހުގައި ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ހާއްސަކޮށް ރައީސް ޔާމީން ޖަލުގައި އޮންނެވި ދުވަސްވަރު، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅަކީ ވެސް ޝިޔާމެވެ.

އެއްގަލަކަށް އެރި ތިން ރައީސުންނަކީ ވެސް އެ ބޭފުޅުންގެ ވެރިކަންތަކުގައި އެކަކު އަނެކަކު ޖަލަށްލައި، ސިޔާސީ ގޮތުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ބޭފުޅުންނެވެ. އަދި އެކަކު އަނެކަކަށް "ވަގަށް" ގޮވައި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް އެކި ފަހަރު މަތިން ކުރައްވާފައިވާ ބޭފުޅުންނެވެ. އެހެންކަމުން، މި ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކުރެއްވުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ލޮޅުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެ އެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްރައީސް ޔާމީންއިބްރާހިމް މުހައްމަދު ސޯލިހްރައީސް މުޙައްމަދު ނަޝީދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

މަސްވެރިންނަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފި: ޝިޔާމް

4 ދުވަސް ކުރިން - 13:19

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

5 ދުވަސް ކުރިން - 20:10

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

7 ދުވަސް ކުރިން - 10:23

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

11 ދުވަސް ކުރިން - 11:16

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

13 ދުވަސް ކުރިން - 13:11

ކުރީ ސަރުކާރުން ބިންތައް ދީފައި ހުރި ފަރާތްތަކުން ބިންތައް އަތުލައި އަނިޔާވެރިވުމަށް ޔާމީން ގޮވާލައިފި

ބިންތައް ދީފައިހުރި ފަރާތްތަކުން ބިންތައް އަތުލައި އަނިޔާވެރިވުމަށް ޔާމީން ގޮވާލައިފި

19 ދުވަސް ކުރިން - 14:01