
ކުރީގެ ސަރުކާރުތަކުން ޝަހީދުންގެ ޢާއިލާތަކާއި ސިފައިންގެ ޙައްޤުތައް ނިގުޅައިގަނެ، އިހުމާލުވެ، ބޭއިންސާފުން ޢަމަލުކޮށް، ޤައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ދިފާޢީ ބާރުތައް ބަލިކަށިކޮށްފައިވާކަން އެނގޭ. ރައީސް މުޢިއްޒު ދެއްވީ އުއްމީދެއް.
627 ދުވަސް ކުރިން - 14:11

ރައީސް މުޢިއްޒު ޝަހީދުންގެ ޢާއިލާތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، މިއީ ޤައުމީ ވާޖިބެއްކަމަށާއި، ޝަހީދުންގެ ޤުރުބާނީގެ އަގުވަޒަންކޮށް ޢާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވެއްޖެ.
627 ދުވަސް ކުރިން - 07:52

ސިފައިންގެ ތަމްރީނު މަރުކަޒު ހަރުދަނާކުރުމަށް ގިރިފުށިން 13 ހެކްޓަރު ހިއްކުމަށް ސަރުކާރުން ނިންމައިފި. މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ޝޯ ޕްރޮޓެކްޝަން އަދި ވަށާފާރު ރޭނުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ.
627 ދުވަސް ކުރިން - 07:47