Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރައީސް ޑރ. މުޢިއްޒު: ޝަހީދުންނާއި ދިފާޢީ ބާރުތަކަށް އައު އުއްމީދެއް

ރައީސް ޑރ. މުޢިއްޒު: ޝަހީދުންނާއި ދިފާޢީ ބާރުތަކަށް އައު އުއްމީދެއް

ހުސައިން އިސްމާއިލް
669 ދުވަސް ކުރިން - 4 ނޮވެންބަރު 2024 14:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

ކުރީގެ ސަރުކާރުތަކުން ޝަހީދުންގެ ޢާއިލާތަކާއި ސިފައިންގެ ޙައްޤުތައް ނިގުޅައިގަނެ، އިހުމާލުވެ، ބޭއިންސާފުން ޢަމަލުކޮށް، ޤައުމީ ސަލާމަތަށް ނުރައްކާވާ މިންވަރަށް ދިފާޢީ ބާރުތައް ބަލިކަށިކޮށްފައިވާކަން އެނގޭ. ރައީސް މުޢިއްޒު ދެއްވީ އުއްމީދެއް.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ޚިޠާބަކީ ދިވެހި ޤައުމިއްޔަތުގެ ރޫޙު އާކޮށްދިން، އަދި ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާ ޝަހީދުންގެ ޢާއިލާތަކާއި ދިފާޢީ ބާރުތަކުގެ ޙައްޤުތައް އަނބުރާ ގެނެސްދޭނެކަމުގެ އުއްމީދު ގެނެސްދިން ޚިޠާބެކެވެ.

ކުރީގެ ބައެއް ސަރުކާރުތަކުން ޝަހީދުންގެ ޢާއިލާތަކާމެދު ދައްކާފައިވާ އިހުމާލާއި ލާއިންސާނީ ޢަމަލުތަކަށް އިޝާރާތް ކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ، އެއީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ. 

"އެއްވެސް ކަމެއް ނުކޮށްދެވޭ. ސަރުކާރުންނެއް، ޢަމުދުން ފަހަކަށްއައިސް، މި ފަރާތްތަކުގެ އަގުވަޒަންކުރާކަށް އެއްވެސް ކަމެއް ނެތް ކޮށްދީފައެއް. ކުރީގައި ޝަހީދުވާ ޢާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީއެއް ދޭ. އެހެން ނަމަވެސް، ފަހަކަށްއައިސް އެކަންވެސް ވަނީ ހުއްޓިފައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށްބޮޑު ބޭއިންޞާފެއް އެއީ" ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މިއީ އެތައް އަހަރެއް ވަންދެން އަޅާނުލެވި، ހަނދާން ނައްތާލެވިފައިވާ ޝަހީދުންގެ ޢާއިލާތަކަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ރައީސް މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ޝަހީދުންގެ ޢާއިލާތަކަށް ދާއިމީ ގެދޮރު ހޯދައިދިނުމާއި، ދެމެހެއްޓެނިވި އެލަވަންސެއް ދިނުމާއި، 50 ޔުނިޓުގެ ހައުސިންގ ކޮމްޕްލެކްސްއެއް އެޅުން ހިމެނެއެވެ. މިއީ ކުރީގެ ސަރުކާރުތަކުން އެއްވެސް ވަރަކަށް ވިސްނާނުލާ ދޫކޮށްލާފައިވާ ކަންތައްތަކެކެވެ. މި ވަޢުދުތަކަކީ ޝަހީދުންގެ ޢާއިލާތަކަށް އަލުން އުއްމީދު ގެނެސްދިން ކަންތައްތަކެކެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ މިސަރުކާރު އައިއިރު ޤައުމު އޮތީ ދެފައި ބިނދިފައެވެ. ޒުވާނުން ތިބީ ވަޒީފާއެއް ނެތި މަގުމަތީގައި ބިތްޖެހިފައެވެ. ދިފާޢީ ބާރު އޮތީ ނީލަމަށް ލާފައެވެ. ޑިފެންސް އިންފްރާސްޓްރަކްޗަރ އަށް ވަނީ އިހުމާލުވެފައެވެ. ކޯސްޓްގާޑް ފްލީޓް ގޯސްވެ، ޤައުމީ ސަލާމަތަށް މުހިންމު ވަޞީލަތްތަކަށް އިންވެސްޓް ނުކުރެވުނުކަން ފާހަގަކުރެވެއެވެ. ރައީސް ވާހަކަފުޅުން ހާމަވީ މިއީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރީގެ ސަރުކާރުތަކުން ދީފައިވާ ދަށު ދަރަޖައިގެ އަހައްމިއްޔަތުކަން ހާމަކޮށްދޭ ކަންކަމެވެ.

އެހެންނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން މި ކަންކަން ރަނގަޅުކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ޤައުމީ ފަޚުރުވެރިކަން އާލާކޮށްދޭ ކަންތައްތަކެކެވެ. ކޯސްޓްގާޑްގެ އާ ސްކޮޑްރަންއެއް ފެށުމާއި، ކޯސްޓްގާޑްގެ ފްލީޓް ދެގުނައަށް އިތުރުކުރުމުގެ ޕްލޭނަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ރައްކާތެރިކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކެވެ.

މީގެ އިތުރުން، ޒުވާން ޖީލަކީ ޤައުމަށް ބޭނުންހިފޭ ބަޔަކަށް ހެދުމަށް ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ފެށުމަކީ އެތައް މަންމައަކާއި ބައްޕައަކަށް ލިބުނު އުފާވެރި ކަމުގެ މެސެޖެކެވެ. އަހަރަކު 1،000 ޒުވާނުންނަށް ސިފައިންގެތެރެއިން ވަޒީފާ ދިނުމަށް ރައީސްގެ އެ ނިންމެވުމަކީ ބޭކާރު ގޮތުގައި މަގުމަތީގައި ތިބޭ ދިވެހި ޒުވާނުންނަށް ގޯސް އާދަތަކުން ދުރުވެ، އަސްކަރީ ތަމްރީނު ލިބި، ޤައުމަށް ޚިދުމަތް ކުރުމަށް ލިބޭ ފުރުޞަތެކެވެ. މީގެ ކުރީގެ ސަރުކާރުތަކުން ކޮށްދެވެން އޮއްވާވެސް ނުކޮށްދިން ކަމެކެވެ. 

އަހަރަކު 1،000 ޒުވާނުންނަށް ފުލުހުންނާއި ސިފައިންގެ ތެރެއިން ވަޒީފާ ތަނަވަސްކޮށްދޭ މި ޕްރޮގްރާމަށް އަހަރަކު 400 މިލިއަން ރުފިޔާ ޚަރަދުކުރުމަށް މިސަރުކާރުން ނިންމާފައިވާއިރު، މިއީ ކުރީގެ ސަރުކާރުތަކުން ދުވަހަކުވެސް ޚިޔާލުކުރި ކަންތަކެއް ނޫނެވެ. 

ރައީސް މުޢިއްޒުގެ މި ޚިޠާބުން ސާފުކޮށް އެނގިގެންދަނީ ކުރީގެ ސަރުކާރުތަކުން ޚާއްޞަކޮށް ޝަހީދުންގެ ޢާއިލާތަކާއި ދިފާޢީ ބާރުތަކާމެދު ވެފައިވާ އިހުމާލާއި ފަރުވާކުޑަކަމެވެ. އެތައް އަހަރެއް ވަންދެން ޝަހީދުންގެ ޢާއިލާތަކަށް ލިބެންޖެހޭ އިނާޔަތްތައް ހުއްޓުވާލައި، އެ ޢާއިލާތަކުގެ ޙައްޤުތައް ނިގުޅައިގަނެފައިވާއިރު، ރައީސް މުޢިއްޒުގެ ސަރުކާރުން މި ކަންކަން އަލުން އިޢާދަކޮށް، އެ ޢާއިލާތަކަށް ޝަރަފާއި ޢިއްޒަތް އަނބުރާ ގެނެސްދޭން މަސައްކަތްކުރާކަން އެނގެއެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖޭގެ ދިފާޢީ ބާރުތައް ބަލިކަށިވެ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައި ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ޤައުމުގެ މުސްތަޤުބަލަށް އުއްމީދު ގެނެސްދޭ ކަންތައްތަކެކެވެ. ކޯސްޓްގާޑް ފްލީޓް ވަރުގަދަކުރުމާއި، ޒުވާނުންނަށް އަސްކަރީ ތަމްރީނު ދިނުމަކީ ކުރީގެ ސަރުކާރުތަކުން އެއްވެސް ވަރަކަށް ސަމާލުކަން ދީފައިނުވާ ކަންތައްތަކެކެވެ.

ރައީސް މުޢިއްޒުގެ މި ޚިޠާބަކީ ދިވެހި ޤައުމިއްޔަތާއި ޝަރަފު އަލުން އާލާކޮށްދޭ، އަދި ކުރީގެ ސަރުކާރުތަކުން ވެފައިވާ އިހުމާލުތައް ރަނގަޅުކޮށް، ޤައުމުގެ މުސްތަޤުބަލަށް އައު އުއްމީދެއް ގެނެސްދޭ ޚިޠާބެކެވެ. ޝަހީދުންގެ ޢާއިލާތަކާއި ދިފާޢީ ބާރުތަކުގެ ޙައްޤުތައް ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ކުރައްވާ މަސައްކަތްތަކަކީ ކޮންމެ ދިވެއްސެއްގެ ހިތުގައި ފަޚުރުވެރިކަން އުފެދޭނެ ކަންތައްތަކެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުނަސްރުގެ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

ޝައިޚް ޔޫސުފް ޚަލާވީ އަތުން ލިޔުއްވި މުސްޙަފެއް ރައީސަށް ހަދިޔާކުރައްވައިފި

2 ދުވަސް ކުރިން - 13:50

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް، ރައީސް މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

2 ދުވަސް ކުރިން - 12:54

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

ރައީސްގެ އިލްތިމާސް: ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ރައްކާތެރިކަން ކަށަވަރުކުރޭ!

2 ދުވަސް ކުރިން - 11:58

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން ގައުމީ ފެންވަރުގައި މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

އުސް އިމާރާތްތަކާއި މަގުމަތީގެ ސަލާމަތް ޔަގީންކުރަން މަސައްކަތްކުރަން ރައީސް ގޮވާލައްވައިފި

2 ދުވަސް ކުރިން - 11:56

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ އެހާރާއި މިހާރުގެ ހިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

3 ދުވަސް ކުރިން - 16:54

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ނިޔާވި ދެ ކުދިންގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

3 ދުވަސް ކުރިން - 16:10