ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙާއި ގުޅިގެން މިއަދުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވާނެ.
692 ދުވަސް ކުރިން - 13:45
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސް މުޙައްމަދު މުޢިއްޒު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް ތަހުނިޔާ ފޮނުއްވައިފި
692 ދުވަސް ކުރިން - 13:44
މި ދެ މުހިންމު ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުލުއްވައި، ޤައުމުގެ މަސްލަހަތުތަކަށް ވަކާލާތު ކުރައްވާފައި.
692 ދުވަސް ކުރިން - 12:34
ކޮޕް29 ސަމިޓުގައި ރައީސް މުޢިއްޒު އަޒަރްބައިޖާންގެ ރައީސްއާ ބައްދަލުކުރައްވައިފި. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާއި، އިޤްތިޞާދީ ތަރައްޤީއާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު.
693 ދުވަސް ކުރިން - 21:13
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީންގެ ޙަޤީޤީ ސިފަ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިކަން އިތުރަށް ހާމަވެގެންދާނެ ކަމަށް ރައީސް ވިދާޅުވި.
693 ދުވަސް ކުރިން - 15:29
މިމަހުގެ 12ވަނަ ދުވަހު ފާސްކުރި ވޭޕް މަނާކުރާ ބިލު ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފި.
694 ދުވަސް ކުރިން - 06:19
އިސްލާމްދީނާއި ޤާނޫނުއަސާސީއާ ޚިލާފުނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި ކޮންމެ ދިވެއްސަކަށްވެސް އަމިއްލަ މިނިވަންކަމާއެކު ބޭނުން ކަމެއް ކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށް ރައީސް ވިދާޅުވި.
694 ދުވަސް ކުރިން - 21:12
ރާއްޖެއަކީ މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް ރެޒިލިއަންސް އެޖެންޑާއެއް އެކުލަވާލި ދުނިޔޭގެ ފުރަތަމަ ޤައުމުކަމަށް ރައީސް މުޢިއްޒު ވިދާޅުވެ، މިކަމަށް ސަރުކާރުން އިސްކަންދޭކަން ކޮޕް ސަމިޓްގައި ފާހަގަކުރެއްވި.
694 ދުވަސް ކުރިން - 20:06
ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމްތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްކަމަށާއި، މިއީ އިޤްތިޞާދީގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވި.
694 ދުވަސް ކުރިން - 19:39
ރައީސް ދެއްކެވި ވާހަކަފުޅުގައި، ދުރުވިސްނުމުގެ ތަޞައްވުރެއްގައި ޢަމަލުކުރައްވަމުން ގެންދަވާ، ލޯ-ކާބަން ސިޔާސަތުތަކުގެ ސަބަބުން، އަގުހުރި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވި.
694 ދުވަސް ކުރިން - 14:32
މި ބައްދަލުކުރެއްވުމުގައި ސިއްހާ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައި.
695 ދުވަސް ކުރިން - 22:26
ކްލައިމެޓް ފައިނޭންސިންގ ލަނޑުދަނޑިން ނާޒުކު ޤައުމުތައް ބާކީ ނުކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މާފުކުރުން ފަދަ އީޖާދީ ވިސްނުންތައް ގެންގުޅެންޖެހޭ ކަމަށް ރައީސް ވިދާޅުވި.
695 ދުވަސް ކުރިން - 21:10