Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސަރުކާރުގެ އަމާޒަކީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކޮށް، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކޮށް، ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ޔަޤީންކުރުން: ރައީސް

އައިޝަތު ރުވާ ރިފްޢަތު
618 ދުވަސް ކުރިން - 13 ނޮވެންބަރު 2024 19:39
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޚުލާސާ

ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމްތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްކަމަށާއި، މިއީ އިޤްތިޞާދީގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވި.

ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތައް ޤާއިމުކޮށް، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުޅޭ ހުރިހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަޒަރުބައިޖާނުގައި މިހާރު ކުރިއަށްދާ ކޮޕް ސަމިޓުގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމަކީ ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމުތަކާއި ދުނިޔެ ހޫނުވުމާއި ގުޅޭގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް އެތައް ގޮތަކުން ބޮޑެތި ގެއްލުންތަކެއް ލިބުނު ސުނާމީ ކާރިޘާއިން ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަކަމަށެވެ. އެގޮތުން ދުރާލާ ލިބޭ އިންޒާރުތަކާއި ތައްޔާރީ ޙާލަތުގައި ތިބުމަކީ ގިނަ ބައެއްގެ ފުރާނަ ސަލާމަތްކޮށް، ގެއްލުން ކުޑަކުރެވޭނެ ކަމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މޫސުމީ ނުރައްކާތަކުން ސަލާމަތްވުމަށް އެމަނިކުފާނު ވެރިކަމާއި ޙަވާލުވުމަށްފަހު ރެޒިލިއަންސް އެޖެންޑާއެއް ތަޢާރަފްކޮށްފައިވާ ކަމަށާއި، ރާއްޖެއަކީ މިފަދަ ސްޓްރެޓީޖިކް ރޯޑްމެޕެއް އެކަށައެޅި ފުރަތަަމަ ޤައުމުކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެކަށައަޅާ 20 އަހަރުގެ ތަރައްޤީގެ ޕްލޭންގައި ކްލައިމެޓް ރެޒިލިއަންސް، ޑިސާސްޓަރ ޕްރިޕޭއާޑްނަސް އަދި އަރލީ ވަރނިންގ ސިސްޓަމްތަކަށް އިސްކަންދީފައިވާނެކަމަށާއި މިއީ މުސްތަޤްބަލް ރައްކާތެރިކުރުމަށް އަޅާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކާރިޘާތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ އިންޒާރުދޭ ނިޒާމްތަކަކީ ދިރިއުޅުމަށް ކުރާ މަސައްކަތަށް ކުރެވޭ ބޮޑު އިންވެސްޓްމަންޓެއްކަމަށާއި، މިއީ އިޤްތިޞާދީގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި މި މަސައްކަތުގައި ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާއިރު، އެ މަސައްކަތް ކާމިޔާބުކުރުމަށް އިތުރު ވަޞީލަތްތަކާއި އެހީތެރިކަން ބޭނުން ވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިކަމުގައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށާއި ހާއްސަކޮށް މެރިން ފޯކާސްޓިންގ އެންޑް އޮބްޒަވޭޝަން އަދި އާލީ ވާނިން ކެޕެބަލިޓީ ތަރައްޤީކުރުމުގައި އެހީތެރިކަން ބޭނުންވާކަން ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

1 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

2 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

2 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

3 ދުވަސް ކުރިން - 18:38