
މި ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅޭ މީހުން 150 ޔޫރޯއާއި 3,000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. އިދިކޮޅު ޕާޓީތަކުން ވަނީ މި ގާނޫނު ކުށްވެރިކޮށް، މީގެ ސަބަބުން އިސްލާމޯފޯބިއާއާއި (އިސްލާމްދީނަށް ނަފުރަތުކުރުން)، ނަސްލީ ތަފާތުކުރުންތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެފަ.
13 ދުވަސް ކުރިން - 12:23
އަށް އަހަރުގެ ލޯބީގެ ގުޅުމަށްފަހު ކުރާ މި ކައިވެނީގެ ހަފުލާ އޮންނާނީ ރޮނާލްޑޯގެ އުފަން ރަށުގެ ކެތީޑްރަލްގައި. ރޮނާލްޑޯގެ މިހާރުވެސް ފަސް ދަރިން ތިބޭއިރު، އޭނާ ބުނީ މިއީ ޖޯޖީނާއާ ކައިވެނިކުރަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް.
37 ދުވަސް ކުރިން - 18:01
މުޅި މެޗުގައިވެސް ޕޯޗުގަލްގެ ފޯވާޑްލައިނަށް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އުނދަގޫވިިއިރު، ރޮނާލްޑޯއަށް އެކަށީގެންވާ ވަރަށް އެހެން ކުޅުންތެރިންގެ އެހީތެރިކަމެއް ނުލިބޭ. މެޗުގެ ހަމައެކަނި ލަނޑު ސްޕެއިނުން ޖެހީ 90 މިނިޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އާސެނަލްގެ މިޑްފީލްޑަރު މިކެލް މެރީނޯ.
64 ދުވަސް ކުރިން - 02:41
ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މުހިންމު މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން "ބިސްމިﷲ" ކިޔާ މަންޒަރު ވީޑިއޯއިން ފެނޭ. 68 ވަނަ މިނެޓުގައި އޭނާ ޕެނަލްޓީ ކާމިޔާބުކުރިއިރު، ޕޯޗުގަލް މެޗު ކާމިޔާބުކުރީ 2-1 އިން.
68 ދުވަސް ކުރިން - 06:25
މި.މެޗު ޕޯޗުގަލް ކާމިޔާބުކުރީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިން. މި މެޗުގައި ކޮރޭޝިއާ ގޯލު ޖަހައިދިނީ ޕެރިސިޗް. ޕޯޗުގަލަށް ގޯލު ޖަހައިދިނީ ރޮނާލްޑޯ އަދި ގޮންޒާލޯ ރާމޮސް. މި ނަތީޖާއާއެކު ކޮރޭޝިއާ ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައި
68 ދުވަސް ކުރިން - 06:12
ކެނެޑާގެ ޓޮރޮންޓޯގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު ކުރިމަތިލުމެއް. ރޮނާލްޑޯގެ ޕޯޗުގަލްއަކީ މެޗުގެ ފޭވަރިޓުން ކަމުގައި ބެލެވުނަސް، މޮޑްރިޗްގެ ކްރޮއޭޝިއާއަކީ ނޮކްއައުޓް ބުރުތަކުގައި ވަރުގަދަ ތަޖުރިބާކާރު ޓީމެއް. މި މެޗުން މޮޅުވާ ބަޔަކު ދެން ބައްދަލުކުރާނީ ސްޕެއިން ނުވަތަ އޮސްޓްރިއާ.
68 ދުވަސް ކުރިން - 23:26
މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި. ދެން ގޯލުތައް ޖަހާފައިވަނީ މެންޑެސް، ލިއާއޯ އަދި އުޒްބެކިސްތާނު ކުޅުންތެރިއެއް ބައި ކޮޅަށް ޖެހި ގޯލެއް. މި ނަތީޖާއާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައި.
77 ދުވަސް ކުރިން - 00:02
މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއިން ޕޯޗުގަލް ކުރީގައި އޮވެގެން. މި މެޗުގަި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފަ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ 2006، 2010، 2014، 2018، 2022، 2026 ގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް.
77 ދުވަސް ކުރިން - 23:05
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޔޮއާއޯ ނެވޭސް ޖަހައިދިން ލަނޑާއެކު ޕޯޗުގަލުން އުއްމީދީ ފެށުމެއް ހޯދި. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި (5+45) ކޮންގޯގެ ޔަަނިކް ވިސާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ.
83 ދުވަސް ކުރިން - 00:00
މުބާރާތުގެ ގުރުއަތުލުން އޮތްގޮތުން، ނޮކައުޓް މަރުހަލާގައި މި ދެ ލެޖެންޑުން އެކަކު އަނެކަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އެބައޮތް. ވޭތުވެދިޔަ 15 އަހަރު ފުޓްބޯޅައިގައި ރަސްކަންކުރި މި ދެ ކުޅުންތެރިންގެ ތާރީހީ ވާދަވެރިކަން މި މުބާރާތުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ.
84 ދުވަސް ކުރިން - 20:35
މި 20 ކުޅުންތެރިންގެ ލިސްޓުގައި ސްޕެއިންގެ ތިން ކުޅުންތެރިން ހިމެނޭއިރު މޮރޯކޯ, ފްރާންސް އަދި ޖަރުމަނުގެ ދެ ކުޅުންތެރިން ހިމެނޭ. މި ކުޅުންތެރިންނަކީ މިހާރުވެސް ކުލަބު އަދި ގައުމީ ފެންވަރުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިން.
90 ދުވަސް ކުރިން - 07:34
އުމުރުން 41 އަހަރަށް އެޅި ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ޕޯޗުގަލް ސްކޮޑުގައި ރޮނާލްޑޯ ވަނީ ހިމަނާފަ. ޕޯޗުގަލްގައި މިވަގުތު އޮތީ އެ ގައުމުގެ ތާރީހުގައި ވެސް ފެނުނު އެންމެ ވަރުގަދަ އެއް ސްކޮޑު.
97 ދުވަސް ކުރިން - 08:54
މި ކާމިޔާބީގެ އަސްލަކީ އެޓީމުގެ ޑިސިޕްލިންއާއި، ޓެކްޓިކަލް ރޭވުންތެރިކަން ކަމަށް ބުނާއިރު، މި ދާއިރާގައި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯގެ ދައުރާއި އޭނާގެ ޓެކްޓިކަލް ފަލްސަފާ.
133 ދުވަސް ކުރިން - 09:06