Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ލެޖެންޑެއްގެ ދަރަޖަ ފުރިހަމަކުރުމަށް ރޮނާލްޑޯއަށް ވޯލްޑް ކަޕް ކާމިޔާބުކުރުން މަޖުބޫރު

ލެޖެންޑެއްގެ ދަރަޖަ ފުރިހަމަކުރުމަށް ރޮނާލްޑޯއަށް ވޯލްޑް ކަޕް ކާމިޔާބުކުރުން މަޖުބޫރު

ހުސައިން އިސްމާއިލް
52 ދުވަސް ކުރިން - 4 ޖޫން 2026 08:54
އެންމެ ފަހުގެ ޔޫރޯ މުބާރާތުން ކެޓުމުން ރޮނާލްޑޯ ހިތާމަ ފާޅުކުރަނީ---
އެންމެ ފަހުގެ ޔޫރޯ މުބާރާތުން ކެޓުމުން ރޮނާލްޑޯ ހިތާމަ ފާޅުކުރަނީ---
ޚުލާސާ

އުމުރުން 41 އަހަރަށް އެޅި ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ޕޯޗުގަލް ސްކޮޑުގައި ރޮނާލްޑޯ ވަނީ ހިމަނާފަ. ޕޯޗުގަލްގައި މިވަގުތު އޮތީ އެ ގައުމުގެ ތާރީހުގައި ވެސް ފެނުނު އެންމެ ވަރުގަދަ އެއް ސްކޮޑު.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ، ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް ކުއާޓާ ފައިނަލުން މޮރޮކޯ އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ކެޓުމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ. މިއީ އޭނާގެ ކެރިއަރުގައި ޕޯޗުގަލްއަށް ވޯލްޑް ކަޕެއް ހޯދައިދިނުމަށް ދެކެމުން އައި އެންމެ ބޮޑު ހުވަފެނަށް އެޅުނު ހުރަހަކަށް ވުމުން، އެކަމުގެ ހިތާމަ އޭނާއަށް ވަރަށް ބޮޑަށް ކުރެވުނެވެ.

އެ ދުވަހަށްފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ރޮނާލްޑޯ ބުނެފައިވަނީ، 16 އަހަރުގެ ތެރޭގައި ފަސް ވޯލްޑް ކަޕެއްގައި ކުޅުނުއިރު އޭނާގެ ހުރިހާ ހަކަތައެއް ގައުމީ ޓީމަށް ހުސްކޮށްލި ކަމަށާއި، ނަމަވެސް އެ ހުވަފެން ނިމުމަކަށް އައީ ކަމަށެވެ. އެހެންނަމަވެސް، އުމުރުން 41 އަހަރަށް އެޅި ނަމަވެސް، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެގި ޕޯޗުގަލް ސްކޮޑުގައި ރޮނާލްޑޯ ވަނީ ހިމަނާފައެވެ. މިއީ މި ޝަރަފުވެރި ތަށި ހޯދުމަށް އޭނާއަށް ލިބޭނެ އެންމެ ފަހު ފުރުސަތެވެ.

ގަތަރު ވޯލްޑް ކަޕަށް ރޮނާލްޑޯ ދިޔައީ އޭނާގެ ކެރިއަރުގައި އައި އުނދަގޫ ދުވަސްވަރެއްގައެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަކިވާން ޖެހުނު ގޮތުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ގައުމީ ޓީމުގެ ބެންޗުން ފުރުސަތު ދިނުމުން އޭނާގެ ނުރުހުން ފާޅުކުރި ކަމުގެ ރިޕޯޓްތައް ވެސް ފެންމަތިވިއެވެ. އެހެންނަމަވެސް، ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް އޭނާ އޮތް ވަފާތެރިކަން ދުވަހަކުވެސް ކުޑަނުވާނެ ކަމަށް ބުނެފައެވެ.

Advertisement

Advertisement 1

ޕޯޗުގަލްގެ ކޯޗުކަމާ ރޮބާޓޯ މާޓިނޭޒް ހަވާލުވުމަށްފަހު، ރޮނާލްޑޯއަށް ޓީމުން އަލުން ޖާގަ ދިނުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. ހާއްސަކޮށް ޔޫރޯ 2024 ގައެވެ. އެ މުބާރާތުގައި ރޮނާލްޑޯއަށް އެއްވެސް ލަނޑެއް ނުޖެހި، ސްލޮވީނިއާ މެޗުގައި ޕެނަލްޓީއެއް ނާކާމިޔާބުވުމުން އޭނާ ދަނޑުމަތީގައި ރޮނިކޮށް ފެނުނެވެ. މީގެ ސަބަބުން "ގިނަ ޕޯޗުގަލް، މަދު ރޮނާލްޑޯ" މިފަދަ ޝިއާރުތައް މީޑިއާގައި ފެންމަތިވިއެވެ.

މިހާރު ސައުދީ ލީގުގެ އަލް ނަސްރުގައި ކުޅެމުންދާ ރޮނާލްޑޯގެ ހަށިގަނޑުގެ ހަރަކާތްތެރިކަން ކުރިއަށްވުރެ ދަށްވެފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ކޯޗު މާޓިނޭޒް ދެކޭގޮތުގައި ރޮނާލްޑޯގެ ފެންވަރު އަދިވެސް ދަށެއް ނުވެއެވެ. 2026 ގެ ވޯލްޑް ކަޕަކީ ރޮނާލްޑޯގެ "އެންމެ ފަހުގެ ނެށުން" ކަމަށް ބެލެވެއެވެ.

ޕޯޗުގަލްގައި މިވަގުތު އޮތީ އެ ގައުމުގެ ތާރީހުގައި ވެސް ފެނުނު އެންމެ ވަރުގަދަ އެއް ސްކޮޑެވެ. ބްރޫނޯ ފެނާންޑޭޒް، ރޫބެން ދިއާޒް އަދި ބެނާޑޯ ސިލްވާ ފަދަ ކުޅުންތެރިންނާއެކު ރޮނާލްޑޯގެ މި ފަހު ހުވަފެން ހަގީގަތަކަށް ވެދާނެތޯ މުޅި ދުނިޔެ އިންތިޒާރު ކުރެއެވެ. ފުޓްބޯޅަ ތާރީހުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި އޭނާގެ ނަން ދެމިއޮތް ނަމަވެސް، ލެޖެންޑެއްގެ ފުރިހަމަ ޝަރަފު ހޯދުމަށް ވޯލްޑް ކަޕްގެ ތަށި އުފުލާލުން އޭނާއަށް ވަރަށް މުހިންމެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޕޯޗުގަލްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

6 ދުވަސް ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

6 ދުވަސް ކުރިން - 03:01

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

6 ދުވަސް ކުރިން - 13:12

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

6 ދުވަސް ކުރިން - 12:58

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

8 ދުވަސް ކުރިން - 19:22