Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

އައިޝަތު އީމާން
50 ދުވަސް ކުރިން - 3 ޖުލައި 2026 06:12
ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---
ރޮނާލްޑޯ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---
ޚުލާސާ

މި.މެޗު ޕޯޗުގަލް ކާމިޔާބުކުރީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިން. މި މެޗުގައި ކޮރޭޝިއާ ގޯލު ޖަހައިދިނީ ޕެރިސިޗް. ޕޯޗުގަލަށް ގޯލު ޖަހައިދިނީ ރޮނާލްޑޯ އަދި ގޮންޒާލޯ ރާމޮސް. މި ނަތީޖާއާއެކު ކޮރޭޝިއާ ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައި

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ ކްރޮއޭޝިއާ އަތުން 2-1 އިން މޮޅުވެ، ޕޯޗުގަލް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. މި މޮޅާއެކު ގަދަ 16 ގައި ޕޯޗުގަލް ނުކުންނަން ޖެހޭނީ ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނާ ދެކޮޅަށެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ނަމަވެސް، މެޗުގެ އޮއިވަރު ބަދަލުވީ 54 ވަނަ މިނެޓުގައި އިވާން ޕެރިސިކް ކޮރޭޝިއާއަށް ޖަހައިދިން ގޯލާއެކުއެވެ.

ނަމަވެސް 68 ވަނަ މިނެޓުގައި ވީއޭއާރް މެދުވެރިކޮށް ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

Advertisement

Advertisement 1

ޕޯޗުގަލް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި (4+90 މިނެޓުގައި) ޖަހައިދިނީ ގޮންސާލޯ ރާމޯސްއެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޯޗުގަލްގެ ކޯޗު ވަނީ ޓީމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބެނާޑޯ ސިލްވާ، ރަފައެލް ލެއާއޯ، ޖޮއާއޯ ކަންސޭލޯ އަދި ރުބެން ނެވްސް ފަދަ ކުޅުންތެރިން ކުޅެން އެރިއެވެ. ކްރޮއޭޝިއާއިންވެސް މާރިއޯ ޕަސަލިޗް އަދި ޖޮސްކޯ ގްވާޑިއޯލް ފަދަ ކުޅުންތެރިންނާއެކު ނަތީޖާ ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ރޮނާލްޑޯ ވެސް ވަނީ ފަހު ވަގުތު ކޮޅި ތެރޭ ބާލާފައެވެ.

މި މެޗުގައި ޕޯޗުގަލްގެ ރޫބެން ޑިއާސް އަދި ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މެޗުގެ ފަބު ސިކުންތުކޮޅުގައި ކްރޮއޭޝިއާއިން ގޯލެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.

ގަދަ 16 ގައި ޕޯޗުގަލް އާއި ސްޕެއިން ބައްދަލުކުރާ މެޗަކީ މުޅި މުބާރާތުގައިވެސް ފާހަގަކޮށްލެވޭނެ ވަރުގަދަ ކުރިމަތިލުމަކަށް ވާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯލޫކާ މޮޑްރިޗްޕޯޗުގަލްކްރޮއޭޝިއާފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ އައު ރެކޯޑެއް މުގުރާލައިފި

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ އައު ރެކޯޑެއް މުގުރާލައިފި

18 ގަޑިއިރު ކުރިން - 09:36

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

1 ދުވަސް ކުރިން - 22:08

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

20 ދުވަސް ކުރިން - 18:01

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

23 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

33 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

34 ދުވަސް ކުރިން - 04:01