ފީފާ ވޯލްޑްކަޕް 2026 ގެ ގަދަ 16 ގެ މެޗުގައި ސްޕެއިން އަތުން 1-0 އިން ބަލިވެ، ޕޯޗުގަލް މުބާރާތުން ކަޓައިފިއެވެ.
ޑަލަސްގެ އޭޓީއެންޑްޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އާސެނަލްގެ މިޑްފީލްޑަރު މިކެލް މެރީނޯއެވެ. އެއީ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ފެރާން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މުޅި މެޗުގައިވެސް ޕޯޗުގަލްގެ ފޯވާޑްލައިނަށް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އުނދަގޫވިިއިރު، ރޮނާލްޑޯއަށް އެކަށީގެންވާ ވަރަށް އެހެން ކުޅުންތެރިންގެ އެހީތެރިކަމެއް ނުލިބުނެވެ
މި ނަތީޖާއާއެކު، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑްކަޕް ހުވަފެންތަކަށް ނިމުން އައިސްފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރެއެވެ.









