Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

އައިޝަތު ރުވާ ރިފްޢަތު
51 ދުވަސް ކުރިން - 2 ޖުލައި 2026 23:26
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ އަދި ކްރޮއޭޝިއާގެ ތަރި މޮޑްރިޗް---
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ އަދި ކްރޮއޭޝިއާގެ ތަރި މޮޑްރިޗް---
ޚުލާސާ

ކެނެޑާގެ ޓޮރޮންޓޯގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު ކުރިމަތިލުމެއް. ރޮނާލްޑޯގެ ޕޯޗުގަލްއަކީ މެޗުގެ ފޭވަރިޓުން ކަމުގައި ބެލެވުނަސް، މޮޑްރިޗްގެ ކްރޮއޭޝިއާއަކީ ނޮކްއައުޓް ބުރުތަކުގައި ވަރުގަދަ ތަޖުރިބާކާރު ޓީމެއް. މި މެޗުން މޮޅުވާ ބަޔަކު ދެން ބައްދަލުކުރާނީ ސްޕެއިން ނުވަތަ އޮސްޓްރިއާ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ފޯރިގަދަ މެޗުތައް ފެށިގެން ކުރިއަށްދާއިރު، މިރޭ އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވާނީ ޓޮރޮންޓޯގެ ބީއެމްއޯ ފީލްޑަށެވެ. މި ދަނޑުގައި މިރޭ ބައްދަލުކުރާނީ ވަރުގަދަ ޕޯޗުގަލް އާއި ހިތްވަރުގަދަ ކްރޮއޭޝިއާއެވެ.

މިރޭ 04:00 ގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުން މޮޅުވާ ބަޔަކު ދެން ބައްދަލުކުރަން ޖެހޭނީ މިރޭ 00:00 ގައި ސްޕެއިން އާއި އޮސްޓްރިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މި މެޗަށް ނުކުންނައިރު ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މޮޅުވުމުގެ ފުރުސަތު ބޮޑީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ ޕޯޗުގަލްއެވެ. ގްރޫޕް ސްޓޭޖުގައި އުޒްބެކިސްތާން އަތުން 5-0 އިން މޮޅުވި ނަމަވެސް، ޑީއާރު ކޮންގޯ އާއި ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުތައް އެއްވަރުވުމުން، އެ ޓީމަށް ނަތީޖާ ނެރުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

Advertisement

Advertisement 1

ޕޯޗުގަލްގެ ފޯވާޑް ޔާއޯ ފެލިކްސް ބުނެފައިވަނީ މި މެޗުން މޮޅުވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ތާރީހީ ގޮތުން ބަލާއިރުވެސް ކުރި އޮތީ ޕޯޗުގަލްއަށެވެ. ރަސްމީ މެޗުތަކުގައި މިހާތަނަށް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން ޕޯޗުގަލް މޮޅުވެފައިވާއިރު، ކްރޮއޭޝިއާއަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ.

އަނެއްކޮޅުން ކްރޮއޭޝިއާއަކީ ނޮކްއައުޓް ސްޓޭޖުގެ މެޗުތަކުގައި އަބަދުވެސް ނުުގުޑާ ފަދަ ހިތްވަރެއް ދައްކާ ޓީމެކެވެ. ވޭތުވެދިޔަ ދެ ވޯލްޑް ކަޕްގައިވެސް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި ކްރޮއޭޝިއާގެ އިންޖީނަކީ އަދިވެސް ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ. ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އެ ޓީމު ކޮލިފައިވީ ވަރަށް ބޮޑު ހިތްވަރެއް ދައްކައިގެންނެވެ.

މިރޭގެ މެޗަށް ޕޯޗުގަލްއިން ނެރޭނެ ކަމަށް ބެލެވޭ ފުރަތަމަ އެގާރައިގައި ހިމެނެނީ: ދިއޯގޯ ކޮސްޓާ، ޔާއޯ ކަންސެލޯ، ރޫބެން ޑިއާސް، ރެނާޓޯ ވޭގާ، ނޫނޯ މެންޑޭޒް، ޔާއޯ ނެވޭސް، ވިޓީނިއާ، ޕެޑްރޯ ނެޓޯ، ބްރޫނޯ ފެނާންޑޭޒް، ޔާއޯ ފެލިކްސް އަދި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ޕޯޗުގަލްގެ ހަމަލާތަކާއި ކްރޮއޭޝިއާގެ ތަޖުރިބާކާރު ޑިފެންސާ ދެމެދު ކުރެވޭ މި ހަނގުރާމައަކީ މި މުބާރާތުގެ މިހާތަނަށް ފެންނާނެ އެންމެ ފޯރިގަދަ އެއް މެޗަށް ވާނެކަމަށް ބެލެވެއެވެ.

ޕޯޗުގަލްކްރޮއޭޝިއާކްރިސްޓިއާނޯ ރޮނާލްޑޯލޫކާ މޮޑްރިޗްފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ އައު ރެކޯޑެއް މުގުރާލައިފި

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ އައު ރެކޯޑެއް މުގުރާލައިފި

18 ގަޑިއިރު ކުރިން - 09:36

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

1 ދުވަސް ކުރިން - 22:08

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

20 ދުވަސް ކުރިން - 18:01

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

23 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

33 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

34 ދުވަސް ކުރިން - 04:01