Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

އައިޝަތު އީމާން
60 ދުވަސް ކުރިން - 24 ޖޫން 2026 00:02
ގޯލު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ---
ގޯލު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ---
ޚުލާސާ

މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި. ދެން ގޯލުތައް ޖަހާފައިވަނީ މެންޑެސް، ލިއާއޯ އަދި އުޒްބެކިސްތާނު ކުޅުންތެރިއެއް ބައި ކޮޅަށް ޖެހި ގޯލެއް. މި ނަތީޖާއާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައި.

ވޯލްޑް ކަޕު ގްރޫޕް ކޭ ގައި އުޒްބެކިސްތާނު ކޮޅަށް ފަސް ގޯލު ޖަހައި ފުރަތަމަ މޮޅު ހޯދައިފިއެވެ. ޕޯޗުގަލުން ހޯދި މި ފަސޭހަ މޮޅުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗު ފެށިގެން 6 ވަނަ މިނެޓުގައި ޕޯޗުގަލްއަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ. މިއީ ޔާއޯ ކަންސޭލޯ ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ 11 މިނެޓު ފަހުން، މެޗުގެ 17 ވަނަ މިނެޓުގައި ނޫނޯ މެންޑޭޒް ވަނީ ލަނޑެއް ޖަހައި ޕޯޗުގަލްގެ ލީޑު ފުޅާކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، 39 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ރޮނާލްޑޯ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.

Advertisement

Advertisement 1

ދެވަނަ ހާފުގައި ވެސް ޕޯޗުގަލްއިން ވަނީ ގޯލަށް އެތަކެއް ނުރައްކާއެއް ކޮށްފައެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އުޒްބެކިސްތާނުގެ އޭ. ނެމަޓޯވް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ސްކޯ 4-0 އަށް އެރިއެވެ. ޕޯޗުގަލްގެ ފަހު ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަފައެލް ލެއާއޯއެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ގޯލުތަކާއެކު އޭނަ ވެފައިވަނީ ތަފާތު 6 ވޯލްޑު ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.

މުޅި މެޗުގައި ވެސް އުޒްބެކިސްތާނަށް ޕޯޗުގަލްގެ ހަމަލާތައް ހުއްޓުވުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. މެޗުގެ 29 ވަނަ މިނެޓުގައި ވީއޭއާރް ބެލުމަށްފަހު އުޒްބެކިސްތާނުގެ ލަނޑެއް ގަބޫލުނުކުރަން ނިންމިއިރު، އެ ޓީމުގެ އޯ. ހަމްރޯބެކޯވް އަދި އާރް. ވޭގާއަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި މޮޅާއެކު ޕޯޗުގަލްއިން ވަނީ ކުރިއަށް ހުރި މެޗުތަކަށް ޓީމު އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައިކަން ސާބިތުކޮށްދީފައެވެ. އަދި އުމުރުން ދުވަސްވީ ނަމަވެސް ރޮނާލްޑޯ އަކީ އަދިވެސް ބައިނަލްއަގުވާމީ މައިދާނުގައި ނުރައްކާތެރި ފޯވާޑެއްކަން މި މެޗުން އަނެއްކާވެސް ހާމަވެގެންދިޔައެވެ.

ޕޯޗުގަލްއުޒްބެކިސްތާންކްރިސްޓިއާނޯ ރޮނާލްޑޯފީފާ ވޯލްޑް ކަޕް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ އައު ރެކޯޑެއް މުގުރާލައިފި

ވިދިވިދިގެން 25 ސީޒަނުގައި ލަނޑު ޖަހައި ރޮނާލްޑޯ އައު ރެކޯޑެއް މުގުރާލައިފި

18 ގަޑިއިރު ކުރިން - 09:36

ފައިނަލް މެޗަށްފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

ފީފާއިން އާޖެންޓީނާގެ ތިން ކުޅުންތެރިޔަކަށް ބޮޑެތި އަދަބުތަކެއް ދީފި

1 ދުވަސް ކުރިން - 22:08

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

20 ދުވަސް ކުރިން - 18:01

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

ފީފާގެ މުބާރާތްތަކުގައި ޔޫރަޕުގެ ގައުމުތަކުން ބައިވެރިނުވާނެ ކަމަށްބުނެ ޔޫއެފާއިން އިންޒާރުދީފި

23 ދުވަސް ކުރިން - 22:24

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

33 ދުވަސް ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

34 ދުވަސް ކުރިން - 04:01