Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

ކައިވެނީގެ ބޭރުން ފަސް ދަރިން ހޯދުމަށްފަހު ރޮނާލްޑޯ ފިރިއަކަށް ވަނީ

އައިޝަތު ރުވާ ރިފްޢަތު
7 ގަޑިއިރު ކުރިން - 2 އޯގަސްޓް 2026 18:01
ރޮނާލްޑޯ އަދި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް---
ރޮނާލްޑޯ އަދި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް---
ޚުލާސާ

އަށް އަހަރުގެ ލޯބީގެ ގުޅުމަށްފަހު ކުރާ މި ކައިވެނީގެ ހަފުލާ އޮންނާނީ ރޮނާލްޑޯގެ އުފަން ރަށުގެ ކެތީޑްރަލްގައި. މި ދެމަފިރިންގެ މިހާރުވެސް ފަސް ދަރިން ތިބޭއިރު، ރޮނާލްޑޯ ބުނީ މިއީ ޖޯޖީނާއާ ކައިވެނިކުރަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް، އަންނަ ހަފުތާ ބަންދުގައި ކައިވެނިކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ރޮނާލްޑޯ އުފަންވި އަދި އޭނާ ބޮޑުވި ޕޯޗުގަލްގެ ފަންޗަލް ގައެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ އާއި 32 އަހަރުގެ ޖޯޖީނާގެ ކައިވެނީގެ ސޮއިކުރުން އޮންނާނީ ފަންޗަލް ކެތީޑްރަލްގައެވެ. އަދި ކައިވެނީގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ސިޓީގައި ހުންނަ ފަސް ތަރީގެ ސެވޯއީ ޕެލަސް ހޮޓަލުގައެވެ.

މި ކައިވެނީގެ ތައްޔާރީތަކާ ގުޅޭގޮތުން މައުލޫމާތު ލިބޭ ގޮތުގައި، ހަފުލާ ބާއްވާ ހޮޓަލުގެ ދެ ފްލޯއެއް ހުކުރު އަދި ހޮނިހިރު ދުވަހު އާންމުންނަށް ބަންދުވާނެ ކަމަށް ވަނީ އަންގާފައެވެ. ރޮނާލްޑޯގެ އުފަން ރަށުގައި މި ކައިވެނި ކުރަން ނިންމީ އެއީ އޭނާގެ ހަޔާތާ ވަރަށް ބޮޑަށް ގުޅިފައިވާ ތަނަކަށް ވާތީއެވެ. ވަރަށް ފަގީރު ހާލަތެއްގައި ބޮޑުވި ރޮނާލްޑޯގެ ޝަރަފުގައި އެ ރަށުގައި އޭނާގެ ބްރޮންޒް ބުދެއް ބަހައްޓާފައިވާއިރު، އޭނާގެ ނަމުގައި ހޮޓަލެއްވެސް އެ ސިޓީގައި ހުރެއެވެ.

Advertisement

Advertisement 1

މި ދެމަފިރިން ކައިވެނިކުރަން ނިންމާފައި މިވަނީ 8 އަހަރު ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހުގައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ރޮނާލްޑޯ ވަނީ ޖޯޖީނާއަށް ކައިވެނި ހުށަހަޅާފައެވެ. ރޮނާލްޑޯ ބުނެފައިވާ ގޮތުގައި އޭނާ ޖޯޖީނާ އާ ކައިވެނި ކުރަނީ ހަމައެކަނި އޭނާގެ ދަރިންގެ މަންމައަށް ވީތީއެއް ނޫނެވެ. އެއީ އޭނާ އެންމެ ލޯބިވާ މީހާ ކަމަށްވާތީއެވެ.

ރޮނާލްޑޯގެ މިހާރުވެސް 5 ދަރިން ތިބެއެވެ. އެއީ ރޮނާލްޑޯއާއި ޖޯޖީނާއަށް ލިބިފައިވާ އަލާނާ އާއި ބެއްލާގެ އިތުރުން ސަރޮގޭޓް މެދުވެރިކޮށް ހޯދި އެވަ މާރިއާ އާއި މާޓެއޯ އެވެ. މީގެ އިތުރުން ރޮނާލްޑޯގެ އެންމެ ދޮށީ ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއާ (16 އަހަރު) ވެސް ހިމެނެއެވެ.

މިވަގުތު ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުން އަންނަ ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނީގެ ތައްޔާރީތަކަށް މިހާރު ތިބީ ޕޯޗުގަލްގައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯޕޯޗުގަލް
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

ފަހުވަގުތު ޖެހި ލަނޑުން ސްޕެއިނުން ޕޯޗުގަލް “ފައްތާލައިފި”

26 ދުވަސް ކުރިން - 02:41

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

މާޝާﷲ، ރޮނާލްޑޯ ޕެނަލްޓީ ޖެހީ ބިސްމީގެ ބަރަކާތުން: ދުނިޔޭގެ ސަމާލުކަން މިކަމަށް

30 ދުވަސް ކުރިން - 06:25

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް، ދެން ކުރިމަތިލާނީ ސްޕެއިނާ

30 ދުވަސް ކުރިން - 06:12

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

މިރޭގެ މެޗުގައި ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލަށް ކުރިލިބިދާނެތަ؟

31 ދުވަސް ކުރިން - 23:26

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

ރޮނާލްޑޯއާއި ޕޯޗުގަލް ދޭތިން އެކައްޗަށް އުޒްބެކިސްތާނު ފަޅާލައިފި

40 ދުވަސް ކުރިން - 00:02

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިއާގެ ރެކޯޑު ރޮނާލްޑޯ ގާއިމްކޮށްފި

ތަފާތު 6 ވޯލްޑް ކަޕެއްގައި ގޯލުޖެހި ހަމައެކަނި ކުޅުންތެރިއަކަށް ރޮނާލްޑޯ!

40 ދުވަސް ކުރިން - 23:05