
މެޗު ފެށުމުގެ ކުރިން ރޮނާލްޑޯއަށް ހާއްސަ ޝަރަފެއް އެރުވުނު ނަމަވެސް، މެޗުގައި ޑެންމާކުން މޮޅު ކުޅުމެއް ދެއްކި. އެޓީމަށް ރަސްމުސް ހޮއިލަންޑް ދެ ލަނޑު ޖަހައިދިންއިރު، ހޮއިބިއާ އަދި އެންޑަސަން ވެސް ލަނޑު ޖެހި. ޕޯޗުގަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބެނާޑޯ ސިލްވާ.
10 ދުވަސް ކުރިން - 08:55
މި މައްސަލަ އުފެދުނީ ނޯވޭ މެޗުގައި ގިނައިރު ވޯމްއަޕް ކުރުވުމަށްފަހު އޭނާ ކުޅެން ނޭރުވުމުން. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ، ޓީމު ދޫކޮށްދިޔަ ހަގީގީ ސަބަބު ފަހުން ސަޕޯޓަރުންނަށް ހާމަކުރާނެ ކަމަށް. މިއާއެކު، ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުފެންނާނެ.
55 ދުވަސް ކުރިން - 00:57
މި ގާނޫނުގެ ދަށުން އާންމު ތަންތަނުގައި މޫނު ނިވާކޮށްގެން އުޅޭ މީހުން 150 ޔޫރޯއާއި 3,000 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ. އިދިކޮޅު ޕާޓީތަކުން ވަނީ މި ގާނޫނު ކުށްވެރިކޮށް، މީގެ ސަބަބުން އިސްލާމޯފޯބިއާއާއި (އިސްލާމްދީނަށް ނަފުރަތުކުރުން)، ނަސްލީ ތަފާތުކުރުންތަކަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބުނެފަ.
90 ދުވަސް ކުރިން - 12:23
އަށް އަހަރުގެ ލޯބީގެ ގުޅުމަށްފަހު ކުރާ މި ކައިވެނީގެ ހަފުލާ އޮންނާނީ ރޮނާލްޑޯގެ އުފަން ރަށުގެ ކެތީޑްރަލްގައި. ރޮނާލްޑޯގެ މިހާރުވެސް ފަސް ދަރިން ތިބޭއިރު، އޭނާ ބުނީ މިއީ ޖޯޖީނާއާ ކައިވެނިކުރަން އެންމެ އެކަށީގެންވާ ވަގުތު ކަމަށް.
115 ދުވަސް ކުރިން - 18:01
މުޅި މެޗުގައިވެސް ޕޯޗުގަލްގެ ފޯވާޑްލައިނަށް ސްޕެއިންގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން އުނދަގޫވިިއިރު، ރޮނާލްޑޯއަށް އެކަށީގެންވާ ވަރަށް އެހެން ކުޅުންތެރިންގެ އެހީތެރިކަމެއް ނުލިބޭ. މެޗުގެ ހަމައެކަނި ލަނޑު ސްޕެއިނުން ޖެހީ 90 މިނިޓްގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި އާސެނަލްގެ މިޑްފީލްޑަރު މިކެލް މެރީނޯ.
141 ދުވަސް ކުރިން - 02:41
ކްރޮއޭޝިއާ ދެކޮޅަށް ކުޅުނު މުހިންމު މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯ ޕެނަލްޓީ ޖެހުމުގެ ކުރިން "ބިސްމިﷲ" ކިޔާ މަންޒަރު ވީޑިއޯއިން ފެނޭ. 68 ވަނަ މިނެޓުގައި އޭނާ ޕެނަލްޓީ ކާމިޔާބުކުރިއިރު، ޕޯޗުގަލް މެޗު ކާމިޔާބުކުރީ 2-1 އިން.
145 ދުވަސް ކުރިން - 06:25
މި.މެޗު ޕޯޗުގަލް ކާމިޔާބުކުރީ ފަހަތުން އަރައި 1-2 ގެ ނަތީޖާއިން. މި މެޗުގައި ކޮރޭޝިއާ ގޯލު ޖަހައިދިނީ ޕެރިސިޗް. ޕޯޗުގަލަށް ގޯލު ޖަހައިދިނީ ރޮނާލްޑޯ އަދި ގޮންޒާލޯ ރާމޮސް. މި ނަތީޖާއާއެކު ކޮރޭޝިއާ ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައި
145 ދުވަސް ކުރިން - 06:12
ކެނެޑާގެ ޓޮރޮންޓޯގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް ވަރަށް މުހިންމު ކުރިމަތިލުމެއް. ރޮނާލްޑޯގެ ޕޯޗުގަލްއަކީ މެޗުގެ ފޭވަރިޓުން ކަމުގައި ބެލެވުނަސް، މޮޑްރިޗްގެ ކްރޮއޭޝިއާއަކީ ނޮކްއައުޓް ބުރުތަކުގައި ވަރުގަދަ ތަޖުރިބާކާރު ޓީމެއް. މި މެޗުން މޮޅުވާ ބަޔަކު ދެން ބައްދަލުކުރާނީ ސްޕެއިން ނުވަތަ އޮސްޓްރިއާ.
145 ދުވަސް ކުރިން - 23:26
މި މެޗުގައި ރޮނާލްޑޯ ދެ ގޯލު ޖެހި. ދެން ގޯލުތައް ޖަހާފައިވަނީ މެންޑެސް، ލިއާއޯ އަދި އުޒްބެކިސްތާނު ކުޅުންތެރިއެއް ބައި ކޮޅަށް ޖެހި ގޯލެއް. މި ނަތީޖާއާއެކު ޕޯޗުގަލް ދެވަނަ ބުރަށް ދާނެ ކަމުގެ ފެހި ސިގްނަލް މިވަނީ ލިބިފައި.
154 ދުވަސް ކުރިން - 00:02
މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއިން ޕޯޗުގަލް ކުރީގައި އޮވެގެން. މި މެޗުގަި ރޮނާލްޑޯ ވަނީ ދެ ގޯލު ޖަހާފަ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ 2006، 2010، 2014، 2018، 2022، 2026 ގައި ގޯލުޖެހި ފުރަތަމަ ކުޅުންތެރިޔާއަށް.
154 ދުވަސް ކުރިން - 23:05
މެޗު ފެށިގެން ހަވަނަ މިނެޓުގައި ޔޮއާއޯ ނެވޭސް ޖަހައިދިން ލަނޑާއެކު ޕޯޗުގަލުން އުއްމީދީ ފެށުމެއް ހޯދި. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި (5+45) ކޮންގޯގެ ޔަަނިކް ވިސާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ.
160 ދުވަސް ކުރިން - 00:00
މުބާރާތުގެ ގުރުއަތުލުން އޮތްގޮތުން، ނޮކައުޓް މަރުހަލާގައި މި ދެ ލެޖެންޑުން އެކަކު އަނެކަކާ ދެކޮޅަށް ކުޅުމުގެ ފުރުސަތު އެބައޮތް. ވޭތުވެދިޔަ 15 އަހަރު ފުޓްބޯޅައިގައި ރަސްކަންކުރި މި ދެ ކުޅުންތެރިންގެ ތާރީހީ ވާދަވެރިކަން މި މުބާރާތުން ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ.
161 ދުވަސް ކުރިން - 20:35
މި 20 ކުޅުންތެރިންގެ ލިސްޓުގައި ސްޕެއިންގެ ތިން ކުޅުންތެރިން ހިމެނޭއިރު މޮރޯކޯ, ފްރާންސް އަދި ޖަރުމަނުގެ ދެ ކުޅުންތެރިން ހިމެނޭ. މި ކުޅުންތެރިންނަކީ މިހާރުވެސް ކުލަބު އަދި ގައުމީ ފެންވަރުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިން.
167 ދުވަސް ކުރިން - 07:34