
ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒާ އެކު ވަރުގަދަ ފާރެއްހެން ސާބިތުވެ ކަމަށް. އަދި މަޖިލީހަކީ "ކުއްތާ ކޮށްޓެއް" ކަމަށް ސިފަކުރެއްވުމުން ދޭހަވަނީ ޔާމީންގެ ހަސަދަވެރިކަން ކަމަށާއި، ޕީއެންސީގެ ތެރޭގައި ރެނދުނޭޅުވޭނެ ކަމަށް ވިދާޅުވި
3 ދުވަސް ކުރިން - 08:40
ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ބާއްވާ ޕީއެންސީގެ މަތީ މަޖިލީހަށް ޖުމުލަ 49 މަގާމަކަށް މެންބަރުން އައްޔަނުކުރާނެ. އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އިން 8 ގެ ނިޔަލަށް ހުޅުވާލެވޭނެ.
9 ދުވަސް ކުރިން - 23:49
ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ވެރިކަން ކުރަން ފެށި ފަހުން ރައީސް މުއިއްޒުހާ އިހުލާސްތެރި ވެރިޔަކު ދިވެހި ރައްޔިތުންނަށް ފެނިފައިނުވާ ކަމަށާއި، ގައުމީ ވިސްނުމެއްގައި، އަދި ރައްޔިތުންގެ ހަގީގީ އަޑު އައްސަވައިގެން ވެރިކަން ކުރައްވާ ނަމޫނާ ބޭފުޅަކީ ރައީސް މުއިއްޒު ކަމަށް ޕީއެންސީގެ ޗެއާޕާސަން ވިދާޅުވި.
11 ދުވަސް ކުރިން - 08:31
ޒުވާނުން ސިޔާސީ ކަންކަމުގައި ބައިވެރިކޮށް، އެމީހުންގެ އަޑު ލީޑަރޝިޕަށް އިއްވައިދިނުމުގައި ޔޫތު ވިންގު މުހިންމު ދައުރެއް އަދާކުރާއިރު، އަސާސީ ގަވާއިދު ބުނާގޮތުން އެ މަގާމުތަކަށް ބޭފުޅުން އިންތިހާބުކުރާނީ ޕާޓީގެ މަތީ މަޖިލީހުން.
22 ދުވަސް ކުރިން - 12:53
ރައިސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ދައުލަތުގެ މާލިއްޔަތުގެ ތަފާސްހިސާބުތައް އާންމުނުކޮށް ހިފަހައްޓާފައި އޮންނަތާ 6 މަސް ދުވަސް ވެއްޖެ. ވެރިކަން ބަދަލުވުމުގެ ޓްރާންޒިޝަން މަރުހަލާގައި ސަރުކާރުގެ އެއްވެސް ކުންފުންޏަކުން މާލީ ހިސާބެއް ދޭން ބޭނުން ނުވި.
34 ދުވަސް ކުރިން - 13:30
ކުރީގެ ސަރުކާރުތަކުގެ އަމަލުތަކުން އިބުރަތް ހާސިލްކުރުމަށް އެދިވަޑައިގަންނަވަމުން، މިހާރު އިދިކޮޅުން ދައްކާ ވާހަކަތަކުގެ އޮށްޓަރެއް ނެތްކަމަށް ރައީސް ފާހަގަކުރެއްވި. އަދި ސިޔާސީ މަސްލަހަތަށްވުރެ ގައުމުގެ ހަމަޖެހުން އިސްކުރުމަކީ ތަރައްގީއަށް މުހިންމު ކަމެއް ކަމަށް އުކުޅަހުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި.
34 ދުވަސް ކުރިން - 08:44
އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުން، އިގްތިސާދު ރަނގަޅުކުރުމާއެކު ބޯހިޔާވަހިކަމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވި. މިހާރުވެސް 1,635 މަޝްރޫއެއް ކުރިއަށްދާއިރު، މި ސަރުކާރުން ވަނީ ކުރީގެ ސަރުކާރުތަކަށްވުރެ ގިނަ މަޝްރޫއުތައް ކުރު މުއްދަތެއްގައި ނިންމާފައެވެ. ރައީސް ވިދާޅުވީ އަމާޒަކީ ރައްޔިތުން އިގްތިސާދީގޮތުން ބާރުވެރިކުރުވުން ކަމަށް.
34 ދުވަސް ކުރިން - 08:35
ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ސައުދާ އަންނަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުޤައްރިރުގެ މަޤާމުގެ އިތުރުން، އިޖުތިމާޢީ ކަންކަމާއި ލާމަރުކަޒީ ކޮމިޓީގެ މެންބަރެއްގެ ގޮތުގައިވެސް ޤައުމީ ފެންވަރުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން.
38 ދުވަސް ކުރިން - 22:36
2,500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 9 އިން ހަވީރު 5 އަށް.. ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ މިއީ އެހެން ޕާޓީތަކަށް ދެއްކި ނަމޫނާއެއް ކަމަށް. މިއީސެޕްޓެމްބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމަށް ބޭއްވި މުހިންމު އިންތިހާބެއް.
60 ދުވަސް ކުރިން - 18:55
މިއީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، އަދި އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެ އިންތިޚާބަކީ މިއަދު ބާއްވާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބު
60 ދުވަސް ކުރިން - 15:25
ރާއްޖޭގެ 131 ރަށެއްގައި ކުރިއަށްދާ މި ދާއިރާތަކުގެ އިންތިޚާބުގައި ތަފާތު މަޤާމުތަކަށް 2500 އެއްހާ ކެނޑިޑޭޓުން ވާދަކުރޭ. މި އިންތިޚާބުގައި މާލެ ސަރަހައްދުގެ މީހުން ވޯޓުލުމަށްޓަކައި 5 ސަރަހައްދެއްގައި ވޯޓުފޮށި ވަނީ ބަހައްޓާފަ. ކޮންމެ މީހަކު ވެސް ވޯޓުލާނެ ތަން ޕީއެންސީ ވެބްސައިޓުން ފެންނަން އޮންނާނެ.
60 ދުވަސް ކުރިން - 15:17
ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށް. އިންތިހާބުގައި ވޯޓުލެވޭނީ ޕާޓީގެ ފަރާތުން ޝާއިއުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް. މި އިންތިހާބުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުން.
60 ދުވަސް ކުރިން - 23:00
މި އިންތިހާބުގައި ވޯޓުލެވޭނީ ޖޫން 15 ގެ ނިޔަލަށް ރަޖިސްޓްރީވި މެންބަރުންނަށެވެ. މި އިންތިޚާބުގައި ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން ހޮވާނެއެވެ. މިއީ ސެޕްޓެމްބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިންތިހާބެއް.
66 ދުވަސް ކުރިން - 21:23