Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޕީއެންސީގެ އެތެރޭގެ އިންތިހާބު މާދަމާ: ވޯޓުލުން ފަށާނީ ހެނދުނު 09:00 ގައި

އައިޝަތު ރުވާ ރިފްޢަތު
97 ދުވަސް ކުރިން - 10 ޖުލައި 2026 23:00
ޕީއެންސީން މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިން---
ޕީއެންސީން މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިން---
ޚުލާސާ

ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށް. އިންތިހާބުގައި ވޯޓުލެވޭނީ ޕާޓީގެ ފަރާތުން ޝާއިއުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް. މި އިންތިހާބުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުން.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މާދަމާ ހެނދުނު ފެށުމަށް އެ ޕާޓީން ތައްޔާރުވެއްޖެއެވެ.

ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 09:00 އިން ފެށިގެން ހަވީރު 04:00 އާ ހަމައަށެވެ. އަދި ހަވީރު 04:00 ގައި ވޯޓު ފޮށިތަކުގެ ކިޔޫލައިން ބަންދުވާނެ ކަމަށާއި، ނަމަވެސް އެ ވަގުތުގެ ކުރިން ކިޔޫއަށް އަރާފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

މި އިންތިހާބުގައި ޕާޓީގެ އެކި މަގާމުތަކަށް 2،500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދާއިރާ ރައީސުންނާއި، ދާއިރާގެ ނައިބު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރައީސުންގެ އިތުރުން ސްޓިއަރިން ކޮމިޓީގެ ރައީސުންނެވެ.

Advertisement

Advertisement 1

ޕީއެންސީގެ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންނެވެ. އެހެންކަމުން، ދާއިރާ ރައީސުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ.

ވޯޓުލުމުގެ އުސޫލުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުލެވޭނީ ޕާޓީގެ ފަރާތުން ޝާއިއުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށެވެ. ކޮންމެ މީހަކަށްވެސް ވޯޓުލެވޭނީ އެ މީހަކު ރަޖިސްޓްރީވެފައިވާ ރަށެއްގައި ނުވަތަ މާލެ ސިޓީގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ފޮށްޓަކަށެވެ.

ވޯޓުލުމަށް ބޭނުންކުރެވޭނެ ތަކެތީގެ ތެރޭގައި އައިޑީ ކާޑު، ޕާސްޕޯޓު، ފޮޓޯ ޖެހި ޑްރައިވިންގ ލައިސަންސް ނުވަތަ އީ-ފާސް ހިމެނެއެވެ. އައިޑީ ކާޑުގެ މުއްދަތު ހަމަވެފައި އިންނަމަވެސް ވޯޓުލުމަށް އެ ކާޑު ބަލައިގަންނާނެއެވެ.

މި އިންތިހާބުގެ މައިގަނޑު ބޭނުމަކީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި އިންތިހާބަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ޕީއެންސީގެ ކޮންގްރެސް (މަތީ މަޖިލީސް) ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

އިންތިހާބުޕީއެންސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބުރެޒިލްގެ އިންތިޚާބު ދެވަނަ ބުރަކަށް: ރައީސް ލުލާއަށްވުރެ ބޮލްސޮނާރޯގެ ދަރިފުޅު ކުރީގައި!

ބުރެޒިލްގެ އިންތިޚާބު ދެވަނަ ބުރަކަށް: ރައީސް ލުލާއަށްވުރެ ބޮލްސޮނާރޯގެ ދަރިފުޅު ކުރީގައި!

9 ދުވަސް ކުރިން - 15:32

ޔަހޫދީންގެ ހަމަލާތަކާއެކުވެސް ޣައްޒާގައި އިންތިހާބަށް ދަނީ ތައްޔާރުވަމުން

ޔަހޫދީންގެ ހަމަލާތަކާއެކުވެސް ޣައްޒާގައި އިންތިހާބަށް ދަނީ ތައްޔާރުވަމުން

17 ދުވަސް ކުރިން - 10:51

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

މަސްތުވާތަކެތީގެ 'ބޮޑުން' އަތުލައިގަންނަން އިސްލާޙީ ފިޔަވަޅުތަކެއް

25 ދުވަސް ކުރިން - 13:13

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އައްޑާތައް ބަންދުކުރަނީ

25 ދުވަސް ކުރިން - 12:36

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

ގަވާއިދާ ހިލާފަށް އެންމެ ގިނައިން ރަށްރަށަށް ރާ އެތެރެކުރީ ސަފާރީތަކުން

25 ދުވަސް ކުރިން - 12:35

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

މަސްތުވާތަކެއްޗަށް ފައިނޭންސްކުރާ މީހުން ހޯދައި އަދަބު ދޭނަން: އިހްސާން

25 ދުވަސް ކުރިން - 12:34