
ކެމްބޯޑިއާގައި ކުރިއަށްދާ 2 ވަނަ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ތަގުރީރު ކުރައްވައިފި. މަޖިލީހުގެ މަތީ ފަންތީގެ ވަފުދަކާއެކު އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގެ މައިގަނޑު މައުޟޫޢަކީ ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާކޮށް ސުލްހަ ގާއިމުކުރުން.
2 ދުވަސް ކުރިން - 14:25
ދުނިޔޭގެ ސުލްހައާއި ތަނަވަސްކަން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށާއި، ހަމަނުޖެހުންތައް ހައްލުކުރުމުގައި ބާރުގެ ބަދަލުގައި މަޝްވަރާކުރުން އިސްކުރުމަށް މަޖިލިސް ރައީސް ގޮވާލެއްވި. އަދި ބައިބައިވުމާއި ދެކޮޅުވެރިކަން ދޫކޮށްލައި، އެންމެންގެ ކުރިއެރުމަށްޓަކައި ގާނޫނު ހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި.
2 ދުވަސް ކުރިން - 14:10
ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި. މި ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާތާ 30 ދުވަސް ހަމަވުމުން.
2 ދުވަސް ކުރިން - 09:33
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރުމަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުން.
3 ދުވަސް ކުރިން - 16:50
އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި އައިޝަތު އަރީފާއާއި މުޙައްމަދު އާރިފަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި. މުޙައްމަދު އާރިފަށް ރުހުން ދޭން ފާސްވީ މެމްބަރުންގެ އިއްތިފާގުން އަދި އަރީފާއަށް ރުހުން ދޭން ފެންނަކަމަށް ވޯޓު ދިނީ 48 މެންބަރުން
3 ދުވަސް ކުރިން - 16:36
މި ބިލު ކޮމިޓީން ފާސްކޮށްފައި ވަނީ ކައުންސިލްތަކާއި އިންވެސްޓަރުންގެ މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށް، ދެފަރާތަށް ވެސް އިންސާފުވެރި ވާނެ ފަދަ މުހިންމު ބަދަލުތަކަކާއި އެކުގަ. މިއަދު މެންދުރު ދޭއްގެ ކުރިން މި ބިލުގެ މަސައްކަތްތައް ނިންމައި މާދަމާ ތަޅުމަށް ހުށަހަޅަން ޖެހޭ.
4 ދުވަސް ކުރިން - 07:43
މި އިސްލާހަކީ ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ހިންގޭ ތަރައްގީގެ ބިޔަ މަޝްރޫއުތައް މަރުހަލާތަކެއްގެ ތެރެއިން ލަސްވިޔަނުދީ، ރައްޔިތުންނަށް އެންމެ ފުރިހަމަ ލާބަޔާއި މަންފާ ލިބޭނެހެން ބިންތައް މެނޭޖުކުރުމަށް ސަރުކާރުން އިސްނަގައިގެން ހުށަހެޅި ބިލެއް.
6 ދުވަސް ކުރިން - 10:08
ސަރުކާރުން ވަނީ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރާ މީހުންނަށް، އަމިއްލަ މަސައްކަތްތައް ފެށުމަށް ފުރުސަތު ދިނުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައި.
11 ދުވަސް ކުރިން - 11:37
ނިމިދިޔަ އެމްޑީޕީ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97 އިންސައްތައަށްވަނީ އިތުރުވެފަ. ކުންފުނި ތަކުގެ މާލީ ހާލަތާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތުގަިއ ކުރިޔަށް ގެންދެވޭނެގޮތް ފޯރުކޮށްދިނުމަށް އިރުޝާދުދެނީ އަދި ސިޔާސީ ފިކުރަށް ބިނާކޮށް އެވެސް މުވައްޒަފަކު ވަކި ނުކުރާނަން.
11 ދުވަސް ކުރިން - 11:13
ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ ވީއައިޕީ ހެލްތު އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަމުން އެބަދޭ. އާންމު ރައްޔިތުންނަށް އާސަންދަ އޮތުމާއެކު، މެންބަރުންނަށް ބޭރުން ފަރުވާލިބޭ ހާއްސަ އިންޝޫރެންސް ބޭއިންސާފު ކަމަށް ބުނެ ޕެޓިޝަނުގައި މިހާތަނަށް 2000 އަށްވުރެ ގިނަމީހުން ވަނީ ސޮއިކޮށްފަ. މިފަދަ އިނާޔަތްތައް ދޭންފެށި އެމްޑީޕީގެ ވެރިކަމުގައި.
12 ދުވަސް ކުރިން - 17:30
މި ބިލުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ކޮންސްޓްރަކްޝަން މަޝްރޫއު ތަކުގެ ކޮންޓްރެކްޓް ތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނާއި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދެމެދު ހަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން.
12 ދުވަސް ކުރިން - 13:01
ސ. މީދޫ، އަހްމަދު ޝާޠިރު ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ، މި އިސްލާހަކީ ކައުންސިލްތަކުގެ ބާރު ހަނިކުރާ އެއްޗެއް ނޫން ކަމަށާއި، މިއީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ލަސްވުމެއްނެތި ފޯރުކޮށްދިނުމަށް މުހިންމު ފިޔަވަޅެއް ކަމަށް. އަދި މި ޕެޓިޝަނުގައި މިހާރުވެސް 855 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފަ.
13 ދުވަސް ކުރިން - 19:11
ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ އަސްލަކީ ކީރިތި ޤުރުއާން ކަމަށްވާއިރު، އިސްލާމްދީނާ ބީރައްޓެހި ނުވަތަ ދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ގެއްލި ނުރައްކަލަށް ހުށަހެޅޭތީ، މިފަދަ ޤާނޫނުތައް ހެދުން ކުރިއާލައި ހުއްޓުވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ޤާއިމުވެފައި އޮންނަންޖެހޭ ކަމަށް.
14 ދުވަސް ކުރިން - 13:22