Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

ހުސައިން އިސްމާއިލް
22 ގަޑިއިރު ކުރިން - 17 އޯގަސްޓް 2026 17:30
ރައްޔިތުންގެ މަޖިލިސްކުރާ ގެ: ބޮޑެތި ޚަރަދުތަކެއް ހިނގާ މިފަދަ ޕްރީމިއަމް އިންޝޫރެންސް ސްކީމްތަކަކީ ކުރީގެ ސަރުކާރުން ފެށި ބޭކާރު ޚަރަދެއްކަން ސާފުކޮށް އެނގެން އެބަ އޮތް.
ރައްޔިތުންގެ މަޖިލިސްކުރާ ގެ: ބޮޑެތި ޚަރަދުތަކެއް ހިނގާ މިފަދަ ޕްރީމިއަމް އިންޝޫރެންސް ސްކީމްތަކަކީ ކުރީގެ ސަރުކާރުން ފެށި ބޭކާރު ޚަރަދެއްކަން ސާފުކޮށް އެނގެން އެބަ އޮތް.
ޚުލާސާ

ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ ވީއައިޕީ ހެލްތު އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަމުން އެބަދޭ. އާންމު ރައްޔިތުންނަށް އާސަންދަ އޮތުމާއެކު، މެންބަރުންނަށް ބޭރުން ފަރުވާލިބޭ ހާއްސަ އިންޝޫރެންސް ބޭއިންސާފު ކަމަށް ބުނެ ޕެޓިޝަނުގައި މިހާތަނަށް 2000 އަށްވުރެ ގިނަމީހުން ވަނީ ސޮއިކޮށްފަ. މިފަދަ އިނާޔަތްތައް ދޭންފެށި އެމްޑީޕީގެ ވެރިކަމުގައި.

ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ހުރިގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ހާއްސަ ހެލްތު އިންޝޫރެންސް ޕެކޭޖު އުވާލުމަށް ގޮވާލާ އަޑުތައް އާންމުންގެ މެދުގައި ގަދަވެއްޖެއެވެ.

ދައުލަތުގެ ބަޖެޓަށް ނުކަތާވަރުގެ ބޮޑެތި ޚަރަދުތަކެއް ހިނގާ މިފަދަ ޕްރީމިއަމް އިންޝޫރެންސް ސްކީމްތަކަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް ތައާރަފުކޮށް، މެންބަރުންނަށް ދޭން ފެށި އިނާޔަތްތަކެއް ނޫނެވެ. މިއީ މާޒީގައި އެމްޑީޕީގެ ވެރިކަމުގެ ދައުރުގެ ތެރެއިން، މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ފާސްކޮށް، ފަށާފައިވާ ކަމެކެވެ. މިއަދުގެ ސަރުކާރަށް މި ކަންކަން ތަރިކައިގެ ގޮތުގައި ވާރުތަވެފައިވާއިރު، މިއީ ކުރީގެ ސަރުކާރުން ފެށި ބޭކާރު ޚަރަދެއްކަން ސާފުކޮށް އެނގެން އެބަ އޮތެވެ.

މި ހާއްސަ އިނާޔަތަކީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގެ ފަސްފަހަތުން، 2013 ވަނަ އަހަރުގެ ކުރީކޮޅު ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މެންބަރުންނަށް ހޯދައިދިން ބޮޑު އިމްތިޔާޒެކެވެ. އާންމު ރައްޔިތުންނަށް ދޭ "އާސަންދަ" ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ކޯ-ޕޭމަންޓް ނިޒާމެއް ތައާރަފްކުރަން ސަރުކާރުން ރާވަމުންދާއިރު، މެންބަރުންގެ މިފަދަ ބޮޑެތި އިނާޔަތްތައް ދެމިއޮތުމަކީ ބޭއިންސާފެއް ކަމަށް ބުނެ ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު 2465 އަށް މިހާރު ވަނީ އަރާފައެވެ.

Advertisement

Advertisement 1

މި ގާނޫނު ފާސްކުރި ދުވަސްވަރަކީ އެމްޑީޕީގެ ޓިކެޓުގައި ނައިބު ރައީސްކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ދައުރު ކަމަށްވީ ނަމަވެސް، މަޖިލީހުގެ ތަޅުމުގައި މި ބިލް ފާސްކުރުމަށް އެމްޑީޕީގެ މެންބަރުންނާއި އޭރުގެ އިދިކޮޅު ޕާޓީތަކުން ވަނީ އެއްގަލަކަށް އަރާފައެވެ. ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ކޮންމެ މެންބަރަކަށާއި އެބޭފުޅެއްގެ އާއިލާއަށް ރާއްޖެއިން ބޭރުން، ހާއްސަކޮށް ސާކް އަދި އާސިއާން ގައުމުތަކުން ވީއައިޕީ ފެންވަރުގެ ބޭސްފަރުވާ ލިބޭނެ އިންޝޫރެންސް ދައުލަތުން ދޭންޖެހެއެވެ.

މީގެ އިތުރުން، މަޖިލީހުން ވަކިވެފައިވާ ކުރީގެ މެންބަރުންނަށްވެސް އުމުރަށް މި ޚިދުމަތް ލިބޭ ގޮތަށް އޮތުމަކީ ދައުލަތުގެ ބަޖެޓަށް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާގެ ބުރައެއް އުފުލަންޖެހޭ ކަމެކެވެ.

ސޯޝަލް މީޑިއާގައާއި އެކި މަންސަތަކުގައި އާންމުން ބުނަމުން ދަނީ، ރާއްޖޭގެ އެންމެ މަތީ މުސާރަ އާއި އިނާޔަތްތައް ލިބޭ މަޖިލިސް މެންބަރުންނަށް ދައުލަތުގެ ހަރަދުގައި ބޭރު ގައުމުތަކުން ސިއްހީ ފަރުވާ ދިނުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓު ކުޑަކުރުމުގެ ސިޔާސަތު ފެށެން ޖެހޭނީ ރައްޔިތުންގެ މަންދޫބުންގެ ކިބައިން ކަމަށްވާއިރު، މި ގާނޫނަށް އަވަސް އިސްލާހެއް ގެނެސް މެންބަރުން ވެސް އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ ނިޒާމުގެ ތެރެއަށް ބަދަލުކުރުމަށް ގިނަ ބަޔަކު ދަނީ މަޖިލީހަށް ގޮވާލަމުންނެވެ.

ޕެޓިޝަންގައި ވަނީ 2015 އިން 2025 އަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް އަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މެންބަރުކަން ކުރެއްވުމަށްފަހު ވަކިވެ ވަޑައިގަންނަވާ ކޮންމެ މެންބަރަކަށް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ މިއަދަދުތައް އަހަރަކަށް ވުރެ އަހަރެއް އެތައް ގުނައެއް އިތުރުވާ ކަމަށެވެ.

އިނާޔަތްރައްޔިތުންގެ މަޖިލިސްއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވަޒީފާ ގެއްލޭ މީހުންނަށް 600 މިލިއަންގެ "ބޮޑު ޕެކޭޖެއް"

ވަޒީފާ ގެއްލޭ މީހުންނަށް 600 މިލިއަންގެ "ބޮޑު ޕެކޭޖެއް"

4 ގަޑިއިރު ކުރިން - 11:37

ނިމިދިޔަ އެމްޑީޕީގެ ދައުރުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުވައްޒަފުންގެ އަދަދުވަނީ 97 އިންސަތަ އިތުރުވެފަ: މާލީ ވަޒީރު

ކުރީ ސަރުކާރުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 97% އިތުރުވެފަ

4 ގަޑިއިރު ކުރިން - 11:13

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

4 ގަޑިއިރު ކުރިން - 10:56

ބޭރުގެ ކުންފުނިތަކުގެ ޓެކްސް ދެގުނަ ބޮޑުކުރަން ބިލެއް މަޖިލީހަށް!

ބޭރުގެ ކުންފުނިތަކުގެ ޓެކްސް ދެގުނަ ބޮޑުކުރަން ބިލެއް މަޖިލީހަށް!

1 ދުވަސް ކުރިން - 13:01

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި

އަސާސީ ހިދުމަތްތައް ކަށަވަރުކުރުމަށް ގާނޫނަށް ގެންނަ އިސްލާހަށް ތާއީދުކޮށް ޕެޓިޝަނެއް ހުށަހަޅައިފި

1 ދުވަސް ކުރިން - 19:11

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

3 ދުވަސް ކުރިން - 13:22