Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

ފާތިމަތު އަނަން މުހައްމަދު
20 ގަޑިއިރު ކުރިން - 27 އޯގަސްޓް 2026 14:10
އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ތަގުރީރުކުރައްވަނީ | ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އިންޓަރ-ޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ތަގުރީރުކުރައްވަނީ | ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޚުލާސާ

ދުނިޔޭގެ ސުލްހައާއި ތަނަވަސްކަން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށާއި، ހަމަނުޖެހުންތައް ހައްލުކުރުމުގައި ބާރުގެ ބަދަލުގައި މަޝްވަރާކުރުން އިސްކުރުމަށް މަޖިލިސް ރައީސް ގޮވާލެއްވި. އަދި ބައިބައިވުމާއި ދެކޮޅުވެރިކަން ދޫކޮށްލައި، އެންމެންގެ ކުރިއެރުމަށްޓަކައި ގާނޫނު ހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި.

ކެމްބޯޑިއާގެ ނޮމް ޕެންގައި ކުރިއަށްދާ 2 ވަނަ އިންޓަރޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސްގެ އާންމު ބަހުސްގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ތަގުރީރުކުރައްވައިފިއެވެ.

"ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގްވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން" މި މައުޟޫއަށް ވާހަކަފުޅުދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ދުނިޔޭގެ ސުލްހައާއި ތަނަވަސްކަން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމަށާއި، ހަމަނުޖެހުންތައް ހައްލުކުރުމުގައި ބާރުގެ ބަދަލުގައި މަޝްވަރާކުރުން އިސްކުރުމަށް ގޮވާލައްވާފައެވެ. ވަކިން ހާއްސަކޮށް، ޔޫއެން ޗާޓަރާއި ބައިނަލްއަގުވާމީ ގާނޫނުތަކަކީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކުރުމަށް މުހިންމު އަސާސްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާ ކަނޑުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އިންޑިއާ ކަނޑަކީ ސަރަހައްދީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މައި ނާރު ކަމަށެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް ލިބޭ ގެއްލުންތަކަކީ ސަރަހައްދީ ސަލާމަތަށާއި ސުލްހައަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި، ކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

Advertisement

Advertisement 1

މީގެއިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ލާއިންސާނީ އަނިޔާތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި އިންސާފުވެރި، ދެމެހެއްޓެނިވި ސުލްހައެއް ގާއިމުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ތަގުރީރު ނިންމަވާލައްވަމުން މަޖިލިސް ރައީސް ވަނީ ބައިބައިވުމާއި ދެކޮޅުވެރިކަން ދޫކޮށްލައި، އެންމެންގެ ކުރިއެރުމަށްޓަކައި ގާނޫނު ހަދާ މަޖިލިސްތަކުން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްމަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއިންޓަރޕާލަމެންޓަރީ ސްޕީކަރސް ކޮންފަރެންސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

20 ގަޑިއިރު ކުރިން - 14:25

ގަވައިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100 ރުފިޔާއިން ޖޫރިމަނާކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހުން ފާސްކޮށްފި

ޤަވާއިދާ ޚިލާފަށް މަގު ހުރަސްކުރާ މީހުން 100ރުފިޔާއިން ޖޫރިމަނާ ކުރާގޮތަށް ފާސްކޮށްފި

1 ދުވަސް ކުރިން - 09:33

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު އައްޔަން ކުރުމަށް ރުހުން ދީފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ޢަބްދުލްޢަޒީޒު ޖަމާލް އައްޔަން ކުރުމަށް ރުހުން ދީފި

1 ދުވަސް ކުރިން - 16:50

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

1 ދުވަސް ކުރިން - 16:36

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

ބިންތައް އަތުލެވޭ ބިލު ކޮމިޓީން ފާސްކުރީ އިންވެސްޓްމަންޓްތަކަށް ބަދަލުދޭ ގޮތަށް

3 ދުވަސް ކުރިން - 07:43

ބިން އަތުލުމާ ގުޅޭ ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ކޮމިޓީން ނިންމައިފި

ބިން އަތުލުމާ ގުޅޭ ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން

5 ދުވަސް ކުރިން - 10:08