
ޓެކްސް ރެކޯޑްތަކުގައި އޭނާ ދިރިއުޅޭ ހަގީގީ އެޑްރެސް ސިއްރު ކުރުމަށް ޓަކައި ދޮގު އެޑްރެހެއް ބޭނުންކޮށްފައިވާކަން ވެސް ވަނީ ހާމަވެފަ. މިހާރު އޭނާ އަށް ކިޔަނީ “ޔޮނަތާން ހުން”.
42 ދުވަސް ކުރިން - 06:15
ނަތަންޔާހޫ ބުނީ އދ. ގެ މިންބަރުގައި އިސްރާއީލުގެ ދިފާއުގައި ވާހަކަދެއްކުމަށް ނިއުޔޯކަށް ވެސް ދާނެ ކަމަށް. މީގެ އިތުރުން، މޭޔަރު މަމްދާނީ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށާއި އޭނާ މަސައްކަތް ކުރަނީ ނިއުޔޯކް މީހުންގެ މެދުގައި ނަފުރަތު އުފައްދަން ކަމަށް.
43 ދުވަސް ކުރިން - 12:57
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ދަތުރުކުރި "ވިންގް އޮފް ޒަޔަން" ރަސްމީ މަތިންދާބޯޓު ފުރާފައިވަނީ އާންމުކޮށް ބޭނުންކުރާ ބެން ގޫރިއަން އިންޓަނޭޝަނަލް އެއާޕޯޓުގެ ބަދަލުގައި، ދެކުނު އިސްރާއީލުގެ ނެގެވް ސަހަރާގައި އޮންނަ ނެވަޓިމް އަސްކަރީ އެއާބޭސްއިން.
43 ދުވަސް ކުރިން - 02:21
މާކޯ ރޫބިއޯ މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ އައިސީސީ އަކީ އެއްވެސް އުސޫލެއް ނެތް ތަނެއް ކަމަށާއި، އެ ކޯޓު "މުޅިން ސުންނާފަތި ކޮށްލާނެ" ކަމަށް.
44 ދުވަސް ކުރިން - 10:09
2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް މައިލީ ވަނީ އިސްރާއީލަކީ ސްޓްރެޓީޖިކް ބައިވެރިއެއްގެ ގޮތުގައި ކަނޑައަޅައި، ދެ ގައުމުގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފަ. މީގެ ތެރޭގައި އޭއައި ދާއިރާއިން އެއްބާރުލުން ދިނުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލުގެ މައިލީ ފާޅުގައި ތާއީދުކުރުން ހިމެނޭ.
52 ދުވަސް ކުރިން - 13:12
ޓްރަމްޕު ބުނީ އެމެރިކާއިން އޮތީ ފުރިހަމައަށް ސުލްހައަށް ބާރު އަޅަން ތައްޔާރަށް ކަމަށާއި އަދި މެދުއިރުމަތީ ހުރިހާ ގައުމުތައް ވެސް އެގޮތަށް ކުރިއަށް ދިއުމަށް ގޮވާލާ ކަމަށް. ނަމަވެސް އިސްރާއީލުން މިކަމަށް ފަރުވާލެއް ނެތި ހަނގުރާމަ ކުރިއަށްދާތީ ޓްރަމްޕަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފައި.
81 ދުވަސް ކުރިން - 01:22
މި އެއްބަސްވުމުގެ ސަބަބުން ނަތަންޏާހޫގެ ސަލާމަތީ ސިޔާސަތުތަކަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެ، އެމެރިކާއާ ގުޅުން ހީނަރުވެފައިވާއިރު، އިދިކޮޅު ފަރާތްތަކާއި އަމިއްލަ ކޯލިޝަނުން ދަނީ އޭނާއަށް ޕްރެޝަރު ކުރަމުން. މިއީ ކުރިއަށް އޮތް އިންތިހާބުގައި ނަތަންޔާހޫއަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންޖެހުމެއް.
85 ދުވަސް ކުރިން - 17:17
ހުރްމުޒް ކަނޑުއޮޅި ނުހުޅުބިގެ އުޅޭ މި ދަނޑިވަޅުގައި ލުބުނާނުގެ އެއްވެސް ތަނަކަށް ޙަމަލާ ނުދިނުމަށް އެމެރިކާއިން އިޒުރޭލަށް އަންގައިފި. ޓްރަމްޕް ގެންދަނީ ނަތަންޔާހޫ އާއި މަޝްވަރާކޮށް ހަމަލާތައް ހުއްޓުވޭތޯ މަސައްކަތް ކުރަމުން ކަމަށް ހަބަރު ލިބޭ
86 ދުވަސް ކުރިން - 20:14
ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ކަޓްޒް ނިންމީ ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ވަރުގަދަ ހަމަލާތަކެއް ދޭން. އެއީ ހިޒްބުاللهގެ ހަނގުރާމަވެރިންގެ ގިނަ ބަޔަކު ތިބޭ ސަރަހައްދެއް. ދެންމެ ދިން ހަމަލާގައި މަދުވެގެން 7 މީހުން ޝަހީދުވެ ގިނަބަޔަކު ވަނީ ޒަޚަމް ވެފަ.
87 ދުވަސް ކުރިން - 17:59
ޓްރަމްޕު ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުން އިސްރާއީލުގެ ސިފައިން ފަހަތަށް ޖެއްސުމަށް އެދިވަޑައިގެންފަ. އީރާނުގެ އިސް ނެގޯޝިއޭޓަރު މުޙައްމަދު ބާގިރު ޤާލީބާފް ވިދާޅުވީ، އިސްރާއީލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުރިއަށް ގެންދާނަމަ، އެމެރިކާއާއެކު ކުރަމުންދާ މަޝްވަރާތައް ހުއްޓާލާނެ ކަމަށް.
99 ދުވަސް ކުރިން - 06:21
ބެއިރޫތުގެ ދެކުނުގެ ސަބަރބްތަކަކީ ހިޒްބުاللهގެ އެންމެ ބާރުގަދަ ސަރަހައްދުތައް.
100 ދުވަސް ކުރިން - 13:54
ހިޒްބުالله އާއި ގުޅުން ހުރި 100 އަށް ވުރެ ގިނަ ހަމަލާ މި 48 ގަޑިއިރުތެރޭ ޔަހޫދީންނަށް ވަނީ އަމާޒުވެފަ
101 ދުވަސް ކުރިން - 06:04
ޔޫއޭއީ އިން ނަތަންޔާހޫގެ ކައިރީގައި އެދިގެން އީރާނާއި ދެކޮޅަށް އިސްރާއީލުގެ ސިފައިންނާއި ހަތިޔާރު ހޯދައިފިކަން ފަޅާ އަރައިފި. އިޒުރޭލުގެ އެތައް ސަތޭކަ ސިފައިން ޔޫއޭއީގައި އެބަތިބި.
119 ދުވަސް ކުރިން - 09:54