Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

އީރާނުގެ ހަމަލާތަކުން ދިފާއުވުމަށް ޔޫއޭއީގައި އިޒުރޭލުގެ ސިފައިންނާއި ހަތިޔާރު

ހުސައިން އިސްމާއިލް
108 ދުވަސް ކުރިން - 13 މެއި 2026 09:54
ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން (އެމްބީޒެޑް) އަދި ނަތަންޔާހޫ.
ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން (އެމްބީޒެޑް) އަދި ނަތަންޔާހޫ.
ޚުލާސާ

ޔޫއޭއީ އިން ނަތަންޔާހޫގެ ކައިރީގައި އެދިގެން އީރާނާއި ދެކޮޅަށް އިސްރާއީލުގެ ސިފައިންނާއި ހަތިޔާރު ހޯދައިފިކަން ފަޅާ އަރައިފި. އިޒުރޭލުގެ އެތައް ސަތޭކަ ސިފައިން ޔޫއޭއީގައި އެބަތިބި.

އީރާނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓަކައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެހީތެރިކަން ހޯދިކަން ފަޅާއަރައިފިއެވެ.

ބައެއް މަސްދަރުތައް ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން ވަނީ ޔޫއޭއީގައި ތިބެގެން އީރާނަށް ހަމަލާ ދީފައެވެ.

ޔޫއޭއީން އެދުނީ އީރާނުން ފޮނުވާ ހަމަލާތަކުން ތިމަންނާމެން ރައްކާތެރި ކުރުމަށް ޓަކައި އިޒުރޭލުގެ ޒައެނިސްޓް ސިފައިން ފޮނުވައިދިނުމަށެވެ. އެއާއި އެކު ނަތަންޔާހޫ ވަނީ އޭނާގެ އަސްކަރިއްޔާގެ ސިފައިން ޔޫއޭއީ އަށް ފޮނުވާފައެވެ. އެކަން އެމެރިކާ އިން މިހާރު ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

Advertisement

Advertisement 1

އެމެރިކާ އާއި އިސްރާއީލުގެ އޮފިޝަލުންގެ ރިޕޯޓްތައް ބުނާ ގޮތުގައި ޔޫއޭއީގެ ތެރޭގައި އެ ނިޒާމުތައް ހިންގުމަށް އިސްރާއީލުގެ "އެތައް ސަތޭކަ" ސިފައިންނާއި އެކު އަޔަން ޑޯމްގެ ވައިގެ ދިފާއީ ބެޓެރީތައް ވެސް ފޮނުވިއެވެ.

އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ ޔޫއޭއީ ދިފާއު ކުރުމަށް އެހީތެރިވުމަށް އިސްރާއީލުން “އަޔަން ޑޯމް ބެޓެރީތަކާއި މުވައްޒަފުން” ފޮނުވާފައިވާކަން އާންމުކޮށް ކަށަވަރުކޮށްދެއްވާފައެވެ. ޔޫއޭއީއަށް އަމާޒުކޮށްގެން އީރާނުގެ މިސައިލްތައް ހުއްޓުވުމަށް އެ ނިޒާމު ބޭނުންކުރި ކަމަށް ވެސް އދ.ގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ބައެއް މަސްދަރުތައް ބުނާ ގޮތުގައި އިސްރާއީލު ސިފައިން ތިބީ އަޔަން ޑޯމް ސިސްޓަމްތައް ހިންގާ އެއާ ޑިފެންސް ލޮކޭޝަންތަކުގެ ކައިރީގައެވެ. ނަމަވެސް އެމީހުން ތިބި ތަންތަން ވަނީ ސިއްރު ކޮށްފައެވެ.

ޔޫއޭއީމެދުއިރުމަތިނަތަންޔާހޫއިސްރާއީލްއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

ހަނގުރާމައިގެ މައިދާން ބަދަލުވެއްޖެ: އެމެރިކާގެ މުހިންމު މަސްލަހަތުތަކަށް ނުރައްކާ

4 ދުވަސް ކުރިން - 13:33

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

އެމެރިކާ އަށް އީރާނުގެ ރައްދު: ފިލްމު ކުޅެން ނޫޅޭ!

5 ދުވަސް ކުރިން - 11:25

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

އެމެރިކާ އާއި އިޒުރޭލުގައި ކެންސަރު ޖެހޭ މީހުންގެ އަދަދު އިތުރުވަނީ

6 ދުވަސް ކުރިން - 15:57

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

7 ދުވަސް ކުރިން - 14:34

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

9 ދުވަސް ކުރިން - 04:34

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

އިސްރާއީލުގެ ހަމަލާއެއްގައި ޣައްޒާގެ އަންހެން ފުލުހުންގެވެރިޔާ ޝަހީދުކޮށްލައިފި

9 ދުވަސް ކުރިން - 19:36