އިސްރާއީލުގެ އުތުރާއި ލުބުނާނުގެ ދެކުނު ސަރަހައްދުގައި ހަމަލާތައް ވަރުގަދަވަމުންދާއިރު ހިޒްބުالله އިން ނަތަންޔާހޫ ހައިރާންވެ އަންތަރީސްވާ ވަރަށް ހަމަލާދީފިއެވެ.

ފާއިތުވި 48 ގަޑިއިރު ތެރޭގައި ހިޒްބުاللهގެ ރޮކެޓާއި ޑްރޯން ހަމަލާތައް ކުއްލިއަކަށް އިތުރުވުމުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ކުއްލި ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ.

ހިޒްބުالله އިން ވަނީ އިސްރާއީލުގެ އުތުރުގެ އަސްކަރީ ތަންތަނަށާއި ބޯޑަރު ސަރަހައްދުތަކަށް އަމާޒުކޮށްގެން ރޮކެޓާއި ޑްރޯން ބޭނުންކޮށްގެން 100 އަށްވުރެ ގިނަ ހަމަލާ ދީފައެވެ. އިސްރާއީލުގެ ސިފައިން ވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުالله އާއި ގުޅުން ހުރި 100 އަށް ވުރެ ގިނަ ހަމަލާ މި 48 ގަޑިއިރުތެރޭ ޔަހޫދީންނަށް ވަނީ އަމާޒުވެފައެވެ.

ޔަހޫދީ ގައުމީ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ހިޒްބުاللهގެ އަސްކަރިއްޔާގެ ބާރުގަދަ ހަމަލާތަކުގެ ސަބަބުން ނަތަންޔާހޫ ވަނީ ޑިފެންސް މިނިސްޓަރުާއި ވެސް ބައްދަލުކޮށްފައެވެ.