އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ދޮށީ ދަރިފުޅު ޔައީރު ނަތަންޔާހޫ، އޭނާގެ ގާނޫނީ ނަން "ޔޮނަތާން ހުން" އަށް ރަސްމީކޮށް ބަދަލުކޮށްފިއެވެ. އިސްރާއީލުގެ އިތުބާރު ހުރި ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ބަދަލު ފަޅާ އަރާފައި ވަނީ އެގައުމުގެ ޓެކްސް އޮތޯރިޓީގެ ރަސްމީ ލިޔެކިޔުންތަކުންނެވެ.

އޭނާގެ ކުރީގެ އައިޑީ ނަންބަރާއި މައުލޫމާތުތައް ވެސް މިހާރު ހުރީ މި އާ ނަމަށް ބަދަލުކޮށްފައެވެ. އަދި ޓެކްސް ރެކޯޑްތަކުގައި އޭނާ ދިރިއުޅޭ ހަގީގީ އެޑްރެސް ސިއްރު ކުރުމަށް ޓަކައި ދޮގު އެޑްރެހެއް ބޭނުންކޮށްފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

އޭނާ މިހާރު ދީގެން އުޅޭ ނަމަކީ އާއިލީ ތާރީޚާ ގުޅުންހުރި ނަމެކެވެ. "ޔޮނަތާން" މި ނަމަކީ 1976 ވަނަ އަހަރު މަރުވި އޭނާގެ ބޮޑުބޭބެ (ޔޯނީ ނަތަންޔާހޫ) އަށް ނިސްބަތްކޮށް ދީފައިވާ ނަމެކެވެ. އަދި ސާނޭމެއްގެ ގޮތުގައި ބޭނުންކޮށްފައިވާ "ހުން" އަކީ އޭނާގެ މަންމަ ސާރާ ނަތަންޔާހޫގެ ކާފަގެ އާއިލީ ނަމެވެ.