Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އަރްޖެންޓީނާއަށް އިސްރާއީލުގެ ތާއީދު: "މައިލީއަކީ ގާތް ރަހުމަތްތެރިއެއް": ނަތަންޔާހޫ

އައިޝަތު ރުވާ ރިފްޢަތު
1 ދުވަސް ކުރިން - 19 ޖުލައި 2026 13:12
ނަތަންޏާހޫ، އާޖެންޓީނާގެ ރައީސް މައިލީ ގައިގައި ބައްދާލައިގެން---
ނަތަންޏާހޫ، އާޖެންޓީނާގެ ރައީސް މައިލީ ގައިގައި ބައްދާލައިގެން---
ޚުލާސާ

2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް މައިލީ ވަނީ އިސްރާއީލަކީ ސްޓްރެޓީޖިކް ބައިވެރިއެއްގެ ގޮތުގައި ކަނޑައަޅައި، ދެ ގައުމުގެ ސިޔާސީ ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފަ. މީގެ ތެރޭގައި އޭއައި ދާއިރާއިން އެއްބާރުލުން ދިނުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލުގެ މައިލީ ފާޅުގައި ތާއީދުކުރުން ހިމެނޭ.

އަރްޖެންޓީނާގެ ރައީސް ހާވިއޭ މައިލީއަކީ "ތެދުވެރި ރަހުމަތްތެރިއެއް" ކަމަށް ސިފަކޮށް، ވޯލްޑް ކަޕް ފައިނަލްގައި އަރްޖެންޓީނާއަށް ސަޕޯޓުކުރާނެ ކަމަށް ޔަހޫދީ މުސްލިމުންގެ ލޭ ބޮމުންދާ އަނިޔާވެރި ޔަހޫދީ ނަތަންޏާހޫ ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލަށް ކަނޑައަޅާފައި ހުންނަ އަރްޖެންޓީނާގެ ސަފީރު ރައްބީ ޝިމޮން އެކްސެލް ވަޖްނިސްއާ ބައްދަލުކޮށް، ނަތަންޔާހޫ ވަނީ ރައީސް މައިލީއަށް ހާއްސަ މެސެޖެއް ފޮނުވާފައެވެ. މިރޭ އޮންނަ ވޯލްޑް ކަޕް ފައިނަލާ ދިމާކޮށް ނަތަންޔާހޫ ބުނީ، ގިނަ ގޮތްގޮތުން އިސްރާއީލުން އަރްޖެންޓީނާއަށް ތާއީދުކުރާ ކަމަށާއި، ފައިނަލް މެޗުގައިވެސް އެ ގައުމަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

ސަފީރު ވަޖްނިސް ވަނީ ރައީސް މައިލީގެ ފަރާތުން ނަތަންޔާހޫއަށް ހެޔޮއެދުންތައް ފޮނުވާފައެވެ.

Advertisement

Advertisement 1
"ތިއީ އަހަރެންގެ ރަހުމަތްތެރިއެއް، އަދި އަބަދުވެސް އަޅުގަނޑުމެންނަށް ތާއީދުކުރައްވާ ބޭފުޅެއް. އަޅުގަނޑާ ހެދި ތިޔަބޭފުޅާ އަރްޖެންޓީނާއަށް ސަޕޯޓްކުރައްވާތީ އުފާކުރަން،"
މައިލީ ބުނި ކަމަށް ސަފީރު ފާހަގަކުރި.

2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމާ ހަވާލުވުމަށްފަހު، މައިލީ ވަނީ އިސްރާއީލަކީ އަރްޖެންޓީނާގެ "ސްޓްރެޓީޖިކް ބައިވެރިއެއް" ކަމަށް ކަނޑައަޅައި، އެ ގައުމުގެ ހާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބަކަށް އިސްރާއީލު ހަދާފައެވެ. މައިލީ ވަނީ މިހާތަނަށް ތިން މިއަހަރުގެ އޭޕްރީލް މަހު ކުރެއްވި ދަތުރުފުޅުގައި ވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

ކެތޮލިކް އާއިލާއަކަށް އުފަންވި ނަމަވެސް، މައިލީ ދަނީ ޔަހޫދީ ދީނަށް ވަރަށް ބޮޑަށް ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ. އޭނާ ވަނީ ޔަހޫދީ ދީނަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރިކަންވެސް ހާމަކުރައްވާފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ މައިދާންތަކުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތަކަށް މައިލީ ދަނީ ފާޅުގައި ވަކާލާތު ކުރަމުންނެވެ.

އިސްރާއީލާއި ލެޓިން އެމެރިކާގެ ގައުމުތަކުގެ ގުޅުން ބަދަހިކުރުމަށްޓަކައި، މައިލީއަށް ލިބުނު "ޖެނެސިސް ޕްރައިޒް" ގެ އިނާމު ފައިސާ ބޭނުންކޮށްގެން 1 މިލިއަން ޑޮލަރުގެ "އައިޒަކް އެކޯޑްސް" އިނީޝިއޭޓިވްއެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ. ނަތަންޔާހޫ ވަނީ މައިލީގެ އިގްތިސާދީ ސިޔާސަތުތަކަށްވެސް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.

ނަތަންޔާހޫއިސްރާއީލްއާޖެންޓީނާފީފާ ވޯލްޑް ކަޕް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓު: ފަސް އަހަރު ތެރޭގައި 16 ތަށި - ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

ފަސް އަހަރު ތެރޭގައި 16 ތަށި: ސްޕެއިން ފުޓުބޯޅައިގެ ރަސްކަން ކުރަނީ

5 ގަޑިއިރު ކުރިން - 14:06

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި؛ މެސީއަށް ހިދުކޮޅަކަށް ލިބުނު ޝަރަފު ވެސް ފޭރިގެންފި

ވޯލްޑް ކަޕްގެ ރަން ބޫޓު އެމްބާޕޭ ކާމިޔާބުކޮށްފި

15 ގަޑިއިރު ކުރިން - 04:01

ފީފާގެ މަދަދުވެރިކަމާއެކު ނަހަލާލު ތައްޓެއް ނަގަން އުޅުނު ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

ނަތަންޏާހޫ ސަޕޯޓުކުރާ އާޖެންޓީނާ ސްޕެއިނުން ނިކުމެ ހަވަރަށް ދީފި

16 ގަޑިއިރު ކުރިން - 03:01

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

1 ދުވަސް ކުރިން - 13:36

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

މިފަހަރުގެ ވޯލްޑް ކަޕުގައި އޭރިއާ ބޭރުން ޖަހާ ގޯލްތައް ދެގުނަ އިތުރު

1 ދުވަސް ކުރިން - 12:58

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

ވޯލްޑް ކަޕު ކާމިޔާބުކުރާ ޓީމަށް ތާރީޚީ ރަން އަނގޮޓިތަކެއް ދެނީ

2 ދުވަސް ކުރިން - 19:22