Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

އެމްއެންޑީއެފް

ފަރުކޮޅުފުށީގައި ހަވާ އަރުވައިފި

ފަރުކޮޅުފުށީގައި ހަވާ އަރުވައިފި

މި ހަރަކާތް ކުރިއަށްދިޔައީ ފަރުކޮޅުފުށީގައި މިރޭ 21:00 ގައި. މި ހަވާ އެރުވުމުގެ ހަރަކާތަކީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށް އެމްއެންޑީއެފްއިން ބުނި.

709 ދުވަސް ކުރިން - 21:07

ފުވައްމުލަކުން ވާ މަދުކުރަން ބަޑިޖަހަނީ

ފުވައްމުލަކުން ވާ މަދުކުރަން ބަޑިޖަހަނީ

އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކުގައި ވާ ގިނަވެ، އޭގެ ސަބަބުން އާންމުންނަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވުމާއެކު، ސެޕްޓެމްބަރު 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކޮންމެ ދުވަހަކުވެސް އެ ސިޓީގެ އެކި ސަރަޙައްދުތަކުގައި ބަޑި ޖަހައިގެން ވާ މަދުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް.

710 ދުވަސް ކުރިން - 14:37

Previous12345Next
67 އަންހެނުންގެ ބަރުދަން ލުއިވެ، އެވޯޑު ދީފި

67 އަންހެނުންގެ ބަރުދަން ލުއިވެ، އެވޯޑު ދީފި

ސެޕްޓެންބަރު 3 އިން 25 އަށް ބޭއްވި މި ޕްރޮގްރާމުގައި ލަންދޫގެ 67 އަންހެނުން ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަ ކުރި. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ރޭ ނ. ލަންދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި، އެންމެ ބޮޑަށް ބަރުދަން ލުއި ކުރި 3 މީހުންނަށް ސެޓިފިކެޓާއި އެވޯޑު ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރު، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤް

712 ދުވަސް ކުރިން - 14:53

އައްޑޫ މަރަދޫ ގެއެއްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައްޑޫ މަރަދޫ ގެއެއްގެ ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން އަވަހަށް އައިސް އަލިފާން ނިއްވާލި. ގޭގެ ވިޔަފާރި ގާޑިޔަލަކާއި ގުދަނެއްގައި އަލިފާން ރޯވިނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވޭ.

717 ދުވަސް ކުރިން - 12:32

ރަހީނުކުރި މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި

ރަހީނުކުރި މައްސަލައިގައި ހިމެނޭ ސިފައިންގެ ދެމީހުން ވަޒީފާއިން ސަސްޕެންޑްކޮށްފި

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މުހައްމަދު ނަފާހު އާއި އަހުމަދު ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާ އަދާކުރާ ދެ މީހުން. މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ޢަމުރުކޮށްފައިވާއިރު މި މައްސަލައިގައި ހައްޔަރު ކުރި މުހައްމަދު ނަފާހް ވަނީ މައްސަލައިގެ ތަހުޤީޤު ނިމެންދެން ބަންދުކުރުމަށް ޢަމުރުކޮށްފައި.

720 ދުވަސް ކުރިން - 16:39

ނޯތު އައިއެސްޕީއެސް ގޭޓް ހުޅުވައި، ކަނޑުގެ ތަރައްގީއަށް އާ ފުރުސަތުތަކެއް ހުޅުވާލައިފި

ނޯތު އައިއެސްޕީއެސް ގޭޓް ހުޅުވައި، ކަނޑުގެ ތަރައްގީއަށް އާ ފުރުސަތުތަކެއް ހުޅުވާލައިފި

އުލިގަމްގައި އަލަށް ހުޅުވި ނޯތު އައިއެސްޕީއެސް ގޭޓުން ކަނޑުގެ އިންފްރާސްޓްރަކްޗަރ އިތުރުވެ، މުހިންމު އިދާރާތަކަށް ޚާއްޞަ ޖާގަތަކެއް ލިބިގެންދާއިރު، މިއީ ރާއްޖޭގެ އުތުރުގެ ސަލާމަތީ ކަންކަން ރަނގަޅުކޮށް، ކަނޑުގެ އޮޕަރޭޝަންތައް ފަސޭހަވެގެންދާނެ ގޭޓެއް.

721 ދުވަސް ކުރިން - 13:47

އިއްޔެގެ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ ދީފި

އިއްޔެގެ އަލިފާނުގެ ޙާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ދެ ލައްކައެއްހާ ރުފިޔާ ދީފި

އެންޑީއެމްއޭއިން ބުނީ ރޯވި ގެއާއި ޖެހިގެން ހުރި ރީފްވިއު އާއި ސައުތު އެންޑް ގެއަށްވެސް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށާއި މި ޙާދިސާގައި އަސަރު ކުރި ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި ކެއުންބުއިމުގެ ޚަރަދުތަކަށް ދެ ލައްކައެއްހާ ރުފިޔާ ދޫކޮށްފައިވާ ކަމަށް.

730 ދުވަސް ކުރިން - 14:04

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ދެ ޤައުމުގެ ދިފާޢީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ދިފާޢީ އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނާއި އުނގެނުމުގެ ފުރުސަތުތައް ފަހިކުރުމާއި، މަޢުލޫމާތު ހިއްސާވކުރުމާއި، އަދި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ.

730 ދުވަސް ކުރިން - 23:58

ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ސޯސަން މަގުގައި ހުންނަ ކެފޭއެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ހ. ދޫހިމެރިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ އިރު މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ މެންދުރު 14:47 ގައި. އަލިފާން ނިއްވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ސަލާމަތަށްޓަކައި ކައިރި ގެތަކުން ވެސް މީހުން ނެރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން.

730 ދުވަސް ކުރިން - 15:50

ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

ޔޫރޯ ސްޓޯރުގެ ގުދަނެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައިފި

އަލިފާން ރޯވެފައިވަނީ ޔޫރޯ ސްޓޯރުގެ ގުދަނުގައި ހުރި ކަރަންޓުބޯޑެއްގައި ކަމަށް އެމްއެންޑީއެފް އިން ބުނި. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް އެމްއެންޑީއެފް ބުނި.

734 ދުވަސް ކުރިން - 16:57

ރައީސް މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމް ކުރަން: ޣައްސާން

ރައީސް މަސައްކަތް ކުރައްވަނީ ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމް ކުރަން: ޣައްސާން

ގައުމީ ދުވަހާ ގުޅުވައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޣައްސާން ވިދާޅުވީ، ގައުމީ ދުވަހަކީ ދިވެހިންގެ ހިތްވަރާއި ފަންވަރު ދުނިޔެއަށް ދެއްކުނު ދުވަހެއް ކަމަށް

735 ދުވަސް ކުރިން - 10:50

ތަސްލީމް ގެއްލުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި

ތަސްލީމް ގެއްލުނު މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަން ފަށައިފި

ގެއްލިގެން ހޯދަމުންދާ ތަސްލީމް މުހައްމަދުގެ މައްސަލާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން އެކަމާއި ގުޅޭ ޖިނާޢީ ތަހުޤީޤެއް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެ. ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، ގެއްލުނު ސަރަޙައްދު ފުޅާ ދާއިރާއެއްގައި ބަލާ ފާސްކުރެވުނު ނަމަވެސް މިހާތަނަށް އެއްވެސް ހެއްކެއް ލިބިފައެއް ނުވާތީ ފުލުހުން ދަނީ ދަތުރުގައި ބައިވެރިވި ފަރާތްތަކުގެ ބަޔާން ނަގަމުން.

737 ދުވަސް ކުރިން - 20:27