Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް އަސްކަރީ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
730 ދުވަސް ކުރިން - 9 ސެޕްޓެންބަރު 2024 23:58
ފޮޓޯ:  ޑިފެންސް  މިނިސްޓްރީ
ފޮޓޯ: ޑިފެންސް މިނިސްޓްރީ
ޚުލާސާ

ދެ ޤައުމުގެ ދިފާޢީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ދިފާޢީ އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނާއި އުނގެނުމުގެ ފުރުސަތުތައް ފަހިކުރުމާއި، މަޢުލޫމާތު ހިއްސާވކުރުމާއި، އަދި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނޭ.

އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ފަސްވަނަ "އިންޑިއާ-މޯލްޑިވްސް ޑިފެންސް ކޯޕަރޭޝަން ޑައިލޮގް" އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފިއެވެ. މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އިންޑިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވާފައިވެއެވެ.

މި މަޝްވަރާތަކުގައި ދިވެހި ވަފުދުގެ ވެރިއަކަށް ހުންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި އިންޑިއާގެ ފަރާތުން ވަފުދުގެ ވެރިއަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ގިރިދަރު އަރަމަނޭއެވެ.

މި ދަތުރުފުޅުގައި މޭޖަރ ޖެނެރަލް ޙިލްމީ ވަނީ އިންޑިއާގެ އިސް އަސްކަރީ ވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ އަސްކަރީ ގުޅުމާއި ސަރަޙައްދީ ސަލާމަތާމެދު މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ އިންފޮމޭޝަން ފިއުޝަން ސެންޓަރ - އިންޑިއަން އޯޝަން ރީޖަންއަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ.

Advertisement

Advertisement 1

މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދިފާޢީ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ދިފާޢީ އެއްބާރުލުން އިތުރުކުރުމާއި، ތަމްރީނާއި އުނގެނުމުގެ ފުރުސަތުތައް ފަހިކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އަދި ސަރަހައްދީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ހިމެނެއެވެ.

ދިވެހި ވަފުދުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފްގެ އިސް އޮފިސަރުންނާއި އިންޑިއާގައި ހުންނަ ދިވެހި ޑިފެންސް އެޑްވައިޒަރ ހިމެނިވަޑައިގަތެވެ. މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އިންޑިއާގެ މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ އާދީއްތަ ދުވަހުއެވެ.

އެމްއެންޑީއެފްއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

13 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

3 ދުވަސް ކުރިން - 13:15

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

18 ދުވަސް ކުރިން - 18:55

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް އެމްއެންޑީއެފުން ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް ފަޔަރ ސޭފްޓީ ކުލާހެއް

18 ދުވަސް ކުރިން - 15:51