ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމްކުރެއްވުމަށް ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގައުމީ ދުވަހާ ގުޅުވައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޣައްސާން ވިދާޅުވީ، ގައުމީ ދުވަހަކީ ދިވެހިންގެ ހިތްވަރާއި ފަންވަރު ދުނިޔެއަށް ދެއްކުނު ދުވަހެއް ކަމަށެވެ. އަދި މި ދުވަހަކީ ޕޯޗުގީޒުންގެ އިސްތިޢުމާރުން ރާއްޖެ ސަލާމަތްކުރި ދުވަސް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައީސް މުޢިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ދިވެހިންގެ ފަޚުރުވެރިކަން އާލާކޮށް، ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދެއްވުމަށް،" ޣައްސާން ވިދާޅުވިއެވެ.
ގައުމީ ދުވަހާ ގުޅިގެން ދެއްވި މި މެސެޖްގައި، ދިވެހި އަސްކަރިއްޔާގެ ބާރު އަލުން ގާއިމްކުރުމަށް ރައީސް މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ. މިއީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ޣައްސާން ފާހަގަކުރެއްވިއެވެ.









