
މިއީ އަތޮޅުތަކުގެ ރަށްރަށުގައި ވޮލީބޯޅަ ކޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ނިންމައި ހުޅުވި ކޯޓެއް. މިނިސްޓަރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއިން މައުލޫމާތުދޭ ގޮތުގައި، އަތޮޅުތެރޭގެ އެކި ރަށްރަށުގައި 10 ވޮލީ ކޯޓު ތަރައްގީކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށް.
8 ދުވަސް ކުރިން - 13:25
މި ދަނޑު ހުޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު. މި ފުޓްސަލް ދަނޑުގެ ބިންގާ އަޅުއްވާފައިވަނީ މިދިޔަ އަހަރު އެ ރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގެ ތެރެއިން. މިފަދަ ތަރައްގީ ގެނައުމުން ޒުވާނުންގެ ކުރިއެރުމާއި ކުޅިވަރުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ދޭހަވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ.
52 ދުވަސް ކުރިން - 00:29