ކެރަމް ވޯލްޑްކަޕް މިފަހަރު ރާއްޖޭގައި ބާއްވަން ނިންމާފައިވާކަަމަށް ސްޕޯޓްސް މިނިސްޓަރު މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ މި މުބާރާތް ވާނީ ވަރަށް ގިނަ އެތްލީޓުން ބައިވެރިވާ މުބާރާތަކަށް ކަމަށެވެ.
މިނިސްޓަރުގެ ވާހަކައިގައި މީ ކުޅިވަރުގެ ދާއިރާ ކުރިއަރުވަން މަސައްކަތް ކުރުމަށް ބާއްވާ މުބާރާތެއް ކަމަށް ފާހަގަކުރެއްވި އެވެ. އަދި މީގެ ސަބަބުން އިތުރު ކުޅިވަރުތަކަށް ބޫސްޓް އަކަށްވެސް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަރައިގެން އަންނަ ކުދިންނަށް މި އެންވާރަމެންޓް ފެނިގެން ދިއުމަކީ މި ދާއިރާއަށް އަންނަ ކުދިންނަށް ވަރަށް ބޮޑު ފުރުސަތަކަށް ވާނެ" މިނިސްޓަރު ވިދާޅުވި އެވެ.
ހަމަ އެއާއެކު ކުޅިވަރުގެ ދާއިރާއަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އެއްބާރުލުމާއި އިރުޝާދަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. އަދި ވިދާޅުވީ މި މުބާރާތުން ރާއްޖެއަށް ވަނަ ލިބުމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިއީ ހަތް ވަނަ ކެރަމް ވޯލްޑް ކަޕެވެ. ކެރަމް ވޯލްޑް ކަޕް މުބާރާތް އޮންނާނީ ބާސެލޯ ނަސަންދުރަ ހޮޓަލުގަ އެވެ. މުބާރާތް ފަށަން ހަމަޖެހިފައިވަނީ 2 ޑިސެމްބަރު 2025 ގަ އެވެ.