މަނަދޫއާއި ލަންދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

އަައިޝަތު ޒީނާ | 7 ގަޑިއިރު ކުރިން - 22 ޖުލައި 2025 13:41
މަނަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް
މަނަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މަނަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު، ލަންދޫގެ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާ.

ނ. މަނަދޫއާއި ނ. ލަންދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

އެ ދެ ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ދެ ރަށަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.

މިއަދު ހެނދުނު ދެ ރަށަށް ވަޑައިގެން ދެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވެސް ސެންޓަރުތަކުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުالله ރާފިއު އެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއިން މަނަދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ. އެ ކޯޕަރޭޝަނާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މި އަހަރުގެ ފަހުކޮޅުގެ ނިޔަލަށް މަސައްކަތް ނިންމުމަށެވެ.

ލަންދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުން. / ފޮޓޯ: ރައީސް އޮފީސް

ވުޒާރާއިން ލަންދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުންޏާވެސް މި މަސައްކަތް ހަވާލުކޮށްފައިވަނީ މި އަހަރުގެ ފަހުކޮޅުގެ ނިޔަލަށް މަސައްކަތް ނިންމުމަށެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ރާއްޖޭގެ އިތުރު 12 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރާނެ ކަމަށް ވުޒާރާއިން ބުނެފައިވެ އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމްކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%