Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަލަސްތީނުގެ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް، އެއްބާރުލުމުގެ ރަމްޒެއް

ފަލަސްތީނުގެ ޓީމަށް ރާއްޖެއިން ހޫނު މަރުހަބާއެއް، އެއްބާރުލުމުގެ ރަމްޒެއް

އައިޝަތު ރުވާ ރިފްޢަތު
257 ދުވަސް ކުރިން - 10 ނޮވެންބަރު 2025 19:17
ފަލަސްތީނުގެ ޓީމަށް ރާއްޖޭގައި.
ފަލަސްތީނުގެ ޓީމަށް ރާއްޖޭގައި.
ޚުލާސާ

ފަލަސްތީނުގެ ޓީމާއި ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެމެޗު ނޮވެމްބަރު 13 އަދި 15 ގައި ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައި.

އަންނަ އަހަރު ސައުދި އަރަބިއްޔާގައި އޮންނަ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށް ތައްޔާރު ވަމުންދާ ފަލަސްތީނުގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޓްރެއިނިން ކޭމްޕެއްގައި ބައިވެރިވުމަށްޓަކައި ދިވެހިރާއްޖެއަށް އަތުވެއްޖެ އެވެ. ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ހާލަތުގައި، ފަލަސްތީނުގެ މި ޓީމަށް ރާއްޖެއިން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ފަލަސްތީނުގެ ޓީމު ރާއްޖެ އައުމާއެކު ރަތް ފިނިފެންމަލުގެ މަރުހަބާއެއް ރާއްޖެއިން ވަނީ ކިޔައިފަ އެވެ. މި މަރުހަބާ ކިޔުމުގައި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް، އަހުމަދު ތާރިގު (ޓޮމް) އާއި އެ އެސޯސިއޭޝަންގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން އެފްއޭއެމްގައި އެދިފައިވަނީ، އޭއެފްސީ އެޝިއަން ކަޕުގައި 17 އަހަރުން ދަށުގައި ވާދަކުރާ ފަލަސްތީނުގެ ގައުމީ ޓީމުގެ ތަމްރީނު ކޭމްޕެއް ރާއްޖޭގައި ބާއްވައި ދިނުމަށެވެ. އެފްއޭއެމް އިން މިކަމުގައި ސަރުކާރުގެ އެހީތެރިކަމަށް އެދުމުން، ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން ބޭއްވި މަޝްވަރާ ބައްދަލުވުމަކުން ވަނީ ފަލަސްތީނުގެ ޓީމު ރާއްޖޭގައި ކޭމްޕުކުރުމުގެ ފުރުސަތު ދޭން ނިންމާފަ އެވެ.

Advertisement

Advertisement 1

މި ދަތުރުގައި ފަލަސްތީނުގެ ޓީމުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މި މެޗްތައް ކުޅޭނީ ނޮވެމްބަރު 13 އަދި 15 ގައި ގަލޮޅު ރަސްމީ ދަނޑުގައި، ރޭގަނޑު 9:00 ގައެވެ.

ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެހީތެރިވުމުގެ ގޮތުން، ރާއްޖެ އާއި ފަލަސްތީނު ބައްދަލުކުރާ މި ދެ މެޗުގައި ސުވެނިއާ ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ މެޗެއްގައި ވެސް 50 ސްވެނިއާ ޕްލެޓިނަމް ޓިކެޓް (1000 ރުފިޔާ، ވީއައިޕީ ރެސްޓްރޫމް) އަދި 200 ސުވެނިއާ ގޯލްޑް ޓިކެޓް (500 ރުފިޔާ، ވީއައިޕީ ގޮނޑި) ވިއްކާނެ އެވެ. ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ހަދިޔާ ކުރަން ނިންމާފައިވާކަމަށް އެފްއޭމްއިން ބުނެފައިވެ އެވެ.

ރާއްޖޭގައި ޓްރެއިނިން ކޭމްޕު ނިންމުމަށް ފަހު ފަލަސްތީނުގެ ޓީމު މި މަހުގެ 19 ވަނަ ދުވަހު ދާނީ ކޮލިފައިން މެޗްތައް ކުޅުމަށް އިންޑިއާއަށެވެ.

ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމްގެ ކޮލިފައިން މެޗްތައް ކުޅޭނީ މި މަހުގެ 22 އިން 30 އަށް ތައިލެންޑުގައި އެ ގައުމާއި، ތުރުކިސްތާނާއި، ކުވައިތާއެކު އެވެ.

ފަލަސްތީންއެފްއޭއެމްމިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަހޫދީ ސިފައިން ބުލްޑޯޒަރު ތަކުގައި ފަލަސްތީނުގެ ގެތައް ތަޅަނީ

ޔަހޫދީ ސިފައިން ފަލަސްތީނުގެ ގެތައް ތަޅަނީ

4 ދުވަސް ކުރިން - 13:45

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

ފުޓްސަލްގެ ރޫހު ގަދަ ތިމަރަފުށީގެ އާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފި

9 ދުވަސް ކުރިން - 00:29

ތިންވަނަ ޑިވިޝަންގައި އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސް ކުލަބުގެ ކަންބޮޑުވުން

އެފް.އޭ.އެމް އިން ނިންމި ނިންމުންތަކާ މެދު އެލްސީ ސްޕޯޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

13 ދުވަސް ކުރިން - 19:15

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

ފަލަސްތީނަށް އެހީވުމަށް މިއަހަރުވެސް 50,000 ޑޮލަރު ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފި

23 ދުވަސް ކުރިން - 13:06

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

ޣައްޒާ ރައްޔިތުންނަށް ސަޕޯޓްކުރި އިޒުރޭލުގެ އަރަބި ދަރިކޮޅުގެ ދެމީހަކު ޖަލަށް ލައިފި

33 ދުވަސް ކުރިން - 17:47