އެމެރިކާގެ އަސްކަރީ ހިޔާލު ތަކާއި ދިފާއީ އުކުޅުތަކަށް ހޫޘީންގެ ޒަމާނީ ޑްރޯން އަދި މިސައިލް ހަމަލާތައް ހުއްޓުވުމުގައި ވަނީ ބޮޑެތި ގޮންޖެހުން ތަކަކާއި ކުރިމަތިވެފަ. ޝިޕިންގ ކުންފުނިތަކަށް ރަތް ކަނޑު ދޫކޮށް އެފްރިކާ ބައްރު ވަށާލައިގެން ދަތުރުކުރަނީ މަޖުބޫރު ވެއްޖެ.
45 ދުވަސް ކުރިން - 20:07
މެދުއިރުމަތީގެ ހަނގުރާމަވެރި ސަރަހައްދުތަކުން ޒަޚަމްވެގެން ކުއްލި ގޮތަކަށް ވައިގެ މަގުން ގެންނަ ސިފައިންގެ އަދަދު ވެސް ފާއިތުވި އަހަރުތަކުގައި ވަނީ ރެކޯޑް މިންވަރަކަށް މަތިވެފައި ކަމަށް އެމެރިކާގެ މަސްދަރުން ބުނޭ.
56 ދުވަސް ކުރިން - 17:03
އާ ސަރުކާރަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ސަރުކާރެއް. މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. އެމެރިކާއިން އެކުލަވާލި މި ރޭވުމުގެ ސަބަބުން، އުފެދޭ އާ ސަރުކާރަކީ އިސްރާއީލަށް ނުރައްކަލެއް ނުވާނެ، "ވަފާތެރި" ސަރުކާރަކަށް ހެދުމަށް ވަނީ މަގުފަހިވެފަ.
60 ދުވަސް ކުރިން - 11:26
އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އީރާނުގެ މަޖިލިސް ރައީސް ޣަލިބާފް އަވަހާރަކޮށްލަން އިޒުރޭލުން ނިންމާފައި އޮތީ މަޝްވަރާ އަށް ދާ މަގުމަތީގައި ކަމަށާއި، އިސްރާއީލުގެ ޓާގެޓް ލިސްޓެއްގައި ޢަލިބާފްގެ ނަން އޮތް ކަން ޓްރަމްޕުގެ ސަރުކާރަށް އެނގުމުން އޭނާ އަށް އަމާޒު ނުކުރުމަށް ނަތަންޔާހޫގެ ސަރުކާރުގައި ވޮޝިންޓަނުން އެދިފައިވާ ކަމަށް.
67 ދުވަސް ކުރިން - 11:15
މި އެއްބަސްވުމުގައި ލުބުނާނުގެ ދެކުނު ކޮންޓްރޯލް ކުރަން ޖެހޭނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ލުބުނާނުގެ ސަރުކާރު ސިފައިން ކަމަށާއި، ހިޒްބުالله ގެ ހަތިޔާރުތައް އަތުލުމަށް ބުނެފައިވޭ. ހިޒްބުالله އިން ބުނަނީ މި އެއްބަސްވުމަކީ ލަދުވެތި އެއްބަސްވުމެއް ކަމަށާއި އެކަމުގެ ސަބަބުން ލުބުނާނުގެ އިސްތިގުލާލަށް ނުރައްކާ ވާނެ ކަމަށް.
72 ދުވަސް ކުރިން - 07:05
2023 އޮކްޓޯބަރު 7ން ފެށިގެން ޣައްޒާގައި 73,041 މީހުންނވަނީ ޝަހީދުވެފަ. ޒަޚަމްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 173,402 އަށް އުފުލިފަ. ލުބުނާނު ހަނގުރާމަ ފެށިފަހުން 4,100 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 12,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ.
76 ދުވަސް ކުރިން - 22:23
އެމެރިކާއިން ބާރުއަޅަމުން ދިޔައީ ސޫރިޔާ މެދުވެރިކޮށް ހިޒްބުﷲ އަށް ވާގިވެރިވާ މަގުތައް ބަންދުކޮށް، އެ ޖަމާއަތާ ދެކޮޅަށް ސޫރިޔާއިން ފިޔަވަޅު އެޅުމަށް. ނަމަވެސް، ރައީސް އަސަދު ވަނީ އެކަމަށް އިންކާރު ކުރައްވައި، ސޫރިޔާގެ ސިފައިން އެފަދަ ހަނގުރާމައެއްގެ ތެރެއަށް ނުވަންނާނެކަމުގެ ޔަގީންކަން ދެއްވާފަ.
79 ދުވަސް ކުރިން - 10:13
އެމެރިކާގެ ޖާސޫސީ އިދާރާތަކުން މިފަދަ އިންޒާރެއް ދީފައި މިވަނީ، އީރާނުގެ ނިއުކްލިއަރ މައްސަލައާއި ސަރަހައްދީ ސަލާމަތާ ގުޅޭގޮތުން ހުޅަނގުގެ ގައުމުތަކާއި އީރާނާ ދެމެދު މަޝްވަރާތައް ބާއްވަމުންދާ ދަނޑިވަޅެއްގަ.
81 ދުވަސް ކުރިން - 09:00
ބެން ގްވީރް ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ކަމުގައި ވިޔަސް ލުބުނާނުގެ ދެކުނު ސަރަހައްދުގައިވާ ގެތައް އިސްރާއީލުން ތަޅާނެ ކަމަށާއި، އިޒުރޭލަކީ މިނިވަން ދައުލަތެއް ކަމަށް.
83 ދުވަސް ކުރިން - 09:36
ހުރްމުޒް ކަނޑުއޮޅި ހުޅުވާނީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައްވެސް ދޫކޮށްލައި އަދި ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަޤީންކަން ލިބި، ޢަމަލުން އެކަން ދެއްކުމުން ކަމަށް ބުނުމުން އިޒުރޭލުން ކެބިނެޓުގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި.
87 ދުވަސް ކުރިން - 09:46
އީރާނުން ބުނީ މާދަމާ އެ އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ހުޅުވާނީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައްވެސް ދޫކޮށްލައި އަދި ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަޤީންކަން ލިބި، ޢަމަލުން އެކަން ދެއްކުމުން.
87 ދުވަސް ކުރިން - 02:52
އެމެރިކާގެ ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ޙަމަލާ ދީފަ. ބަދަލުހިފުމުގެ ގޮތުން އީރާނުން ވަނީ ބަހްރެއިން، އުރުދުން އަދި ކުވައިތަށް ހަމަލާތަކެއް ދޭން ފަށާފަ.
91 ދުވަސް ކުރިން - 13:13
ހިޒްބުﷲ އިން ވަނީ އެއްދުވަސް ތެރޭގައި ޖުމްލަ 41 އަސްކަރީ އޮޕަރޭޝަނެއް ވަނީ ހިންގާފަ. މި ޙަމަލާތައް އަމާޒުކޮށްފައިވަނީ އިސްރާއީލުގެ ސިފައިން ޖަމާވެފައި ތިބި ތަންތަނަށާއި، "އަޔަން ޑޯމް" ވައިގެ ދިފާޢީ ނިޒާމުތަކުގެ އިތުރުން އުތުރުގެ ވަޒަންވެރިން އުޅޭ ސަރަޙައްދުތަކަށް.
99 ދުވަސް ކުރިން - 05:32