Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

ހުސައިން އިސްމާއިލް
61 ދުވަސް ކުރިން - 29 ޖޫން 2026 07:05
ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވައިލި ތިން ފަރާތުގެ މެދުގައިވާ "ފްރޭމްވޯކް" އެއްބަސްވުމެއްގައި، ވޮޝިންޓަނުގައި ސޮއިކުރުން.
ލުބުނާނާއި އިސްރާއީލާ ދެމެދު އެމެރިކާ މެދުވެރިވެގެން އެކުލަވައިލި ތިން ފަރާތުގެ މެދުގައިވާ "ފްރޭމްވޯކް" އެއްބަސްވުމެއްގައި، ވޮޝިންޓަނުގައި ސޮއިކުރުން.
ޚުލާސާ

މި އެއްބަސްވުމުގައި ލުބުނާނުގެ ދެކުނު ކޮންޓްރޯލް ކުރަން ޖެހޭނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ލުބުނާނުގެ ސަރުކާރު ސިފައިން ކަމަށާއި، ހިޒްބުالله ގެ ހަތިޔާރުތައް އަތުލުމަށް ބުނެފައިވޭ. ހިޒްބުالله އިން ބުނަނީ މި އެއްބަސްވުމަކީ ލަދުވެތި އެއްބަސްވުމެއް ކަމަށާއި އެކަމުގެ ސަބަބުން ލުބުނާނުގެ އިސްތިގުލާލަށް ނުރައްކާ ވާނެ ކަމަށް.

ލުބުނާނު ސަރުކާރާއި އިސްރާއީލާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ލަދުވެތި އެއްބަސްވުމެއް ކަމަށާއި އެކަމުގެ ސަބަބުން ލުބުނާނުގެ އިސްތިގުލާލަށް ނުރައްކާ ވާނެތީވެ އެ އެއްބަސްވުމަށް އަމަލު ނުކުރަން ‎ހިޒްބުالله އިން ބުނެފިއެވެ.

ލުބުނާނާއި އިސްރާއީލާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކޮށް، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި އެމެރިކާ މެދުވެރިވެގެން އެކުލަވައިލި ތިން ފަރާތުގެ މެދުގައިވާ "ފްރޭމްވޯކް" އެއްބަސްވުމެއްގައި ސޮއި ކުރީ ވޮޝިންޓަނުގައެވެ. މި އެއްބަސްވުމުގައި ލުބުނާނުގެ ދެކުނު ކޮންޓްރޯލް ކުރަން ޖެހޭނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގަނެފައިވާ ލުބުނާނުގެ ސަރުކާރު ސިފައިން ކަމަށާއި، ހިޒްބުالله ގެ ހަތިޔާރުތައް އަތުލުމަށް ބުނެފައި ވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގައެވެ. މިއީ ލުބުނާނާއި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި އުފެދިފައިވާ އަސްކަރީ އަދި ސިޔާސީ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ދެ ގައުމުގެ މެދުގައިވާ ބޯޑަރުގެ މައްސަލަތަކަށް ގާނޫނީ އޮނިގަނޑެއް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވައިލެވުނު އެއްބަސްވުމެއް ކަމަށް އެ ގައުމުތަކުން ބުނެއެވެ.

Advertisement

Advertisement 1

މި އެއްބަސްވުމުގެ ދަށުން ބޯޑަރު ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އިސްރާއީލުން މީގެ ކުރިންވެސް ބައިނަލްއަގުވާމީ އެކި އެއްބަސްވުންތަކާ ޚިލާފުވެ، ލުބުނާނުގެ ސިޔާދަތީ މިނިވަންކަމަށް އަރައިގަނެ، އުދުވާނީ ހަމަލާތައް ދެމުން ގޮސްފައިވާތީ، މި އެއްބަސްވުމުގެ ސަބަބުން އަމަލީ ގޮތުން ނުކުންނާނެ ނަތީޖާއަކާ މެދު ކަންބޮޑުވުން އެބައޮތެވެ. ޚާއްސަކޮށް އިސްރާއީލުގެ ފަރާތުން ފެންނަ އިސްތިއުމާރީ ސިޔާސަތުތަކުގެ ސަބަބުން މިފަދަ އެއްބަސްވުންތަކުގެ ދެމެހެއްޓެނިވިކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ލުބުނާނުގެ ދެކުނު ބޯޑަރުގައި މިހާރު އޮތް ނުރައްކާތެރި ހާލަތަށް ބަދަލެއް އަންނާނެ ކަމަށް އެމެރިކާއިން އުންމީދު ކުރެއެވެ. އެހެންނަމަވެސް، މުހައްލިލުން ފާހަގަކުރާ ގޮތުގައި ހަގީގީ ސުލްހަ ގާއިމުކުރެވޭނީ އިސްރާއީލުން ހިންގާ އުދުވާންތައް މުޅިން ހުއްޓާލައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައިގެންނެވެ.

މެދުއިރުމަތިލުބްނާންލުބްނާން ހަނގުރާމަ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

34 ދުވަސް ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

45 ދުވަސް ކުރިން - 17:03

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

49 ދުވަސް ކުރިން - 11:26

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

55 ދުވަސް ކުރިން - 21:30

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

56 ދުވަސް ކުރިން - 11:15

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

65 ދުވަސް ކުރިން - 22:23