މާދަމާ ހުރްމުޒް ކަނޑުއޮޅި ހުޅުވަން އީރާނުގެ ސަރުކާރުން ދެކޮޅު ހަދައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މާދަމާ ހުރްމުޒް ކަނޑުއޮޅި ބައިނަލްއަޤްވާމީ ދުނިޔެއަށް ހުޅުވާލާނެ ކަމަށެވެ. އެއީ އެމެެރިކާ އާއި އީރާނާއި ދެމެދުގައި ހިނގަމުންދާ މަޝްވަރާގެ ތެރެއިން މާދަމާ އޮންނަ އެއްބަސްވުމުގައެވެ.
އީރާނު ހަނގުރާމައިގައި އެމެރިކާ އާއި ވާހަކަ ދައްކައި ސުލްހަ ކުރުވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުންދަނީ އިސްލާމްއާބާދުންނެވެ.
ޕާކިސްތާނާއި ހަވާލާދީ ހަބަރު ލިބޭ ގޮތުގައި، އީރާނުން މާދަމާ މަޝްވަރާގައި ސޮއި ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ނަމަވެސް އީރާނުން ބުނީ މާދަމާ އެ އެއްބަސްވުމުގައި ސޮއި ނުކުރާނެ ކަމަށާއި، ހުރްމުޒް ކަނޑުއޮޅި ހުޅުވާނީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައްވެސް ދޫކޮށްލައި އަދި ލުބުނާނާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލާނެ ކަމުގެ ޔަޤީންކަން ލިބި، ޢަމަލުން އެކަން ދެއްކުމުންނެވެ.









