ގަލްފުގައިވާ އެމެރިކާގެ ބައެއް ބޭސްތަކަށް އީރާނުން ހަމަލާ ދޭން ފަށައިފިއެވެ. ބަހްރެއިން، ޖޯޑަން އަދި ކުވައިތުގެ އަމާޒުތަކަށް އީރާނުން ބަދަލު ހިފުމުގެ މިސައިލް އަދި ޑްރޯން ހަމަލާތައް ދޭން މި ފެށީ އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރު ވެއްޓުމާއި ގުޅިގެން އެމެރިކާއިން އީރާނަށް ހަމަލާ ދިނުމުންނެވެ.

އިރާނުން ވަނީ ގަލްފް ހުރަސްކޮށް އޮޕަރޭޝަންތައް ހިންގުމުގެ ޒިންމާ އުފުލާ އެމެރިކާގެ ބޮޑު ނޭވަލް ކޮމާންޑް ސެންޓަރެއް ކަމަށްވާ ބަހްރެއިންގައި ހުންނަ އެމެރިކާގެ ފަސް ވަނަ ފްލީޓްގެ މައި މަރުކަޒަށް ވެސް ހަމަލާ ދިފައެވެ.

އަދި ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އަމާޒުކޮށްފައިވާ ކަމަށް ވެސް އީރާނުން ބުނެ އެވެ. މީގެ އިތުރުން އެމެރިކާގެ ސިފައިން ހޯސްޓްކުރާ ކުވައިތުގެ އަސްކަރީ ފެސިލިޓީތަކަށް ވެސް ވަނީ ހަމަލާ ދީފައެވެ. އެތަންތަނުގެ ވަށައިގެން ގޮވުންތައް ގޮވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.