މިއަދު ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް މެޓްއިން އިންޒާރުދީފި. ވައިގަދަވެ، ކަނޑު ގަދަވާނެ ކަމަށެ ބެލެވޭތީ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އިން ވަނީ އިލްތިމާސްކޮށްފައި.
657 ދުވަސް ކުރިން - 13:32
މެޓް އިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލު ބާރުމިނުގައި ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އިން ބުނި.
658 ދުވަސް ކުރިން - 13:36
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އައްޑު އަތޮޅުގެ ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭވެހިފައިވޭ.
660 ދުވަސް ކުރިން - 19:17
ބޯކޮށް ވެހުނު ވާރޭގައި މާލެ ފެންބޮޑުވެއްޖެ. މޫސުމާބެހޭ އިދާރާއިން ޔެލޯ އެލާޓް ނެރުނު.ގަދަ ވައި ޖެހުމުގެ ފުރުޞަތު އޮތްކަމަށް އިންޒާރުދީފި. އެމްއެންޑީއެފްއިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި.
660 ދުވަސް ކުރިން - 10:21
މެޓް އިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް އަތޮޅުތަކަށް މިރޭ ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް.
670 ދުވަސް ކުރިން - 20:40
މެޓް އިން ބުނީ ކާށިދޫއަށް އިއްޔެ 43.9 މިލިމީޓަރަށް ވާރޭ ވެހުނު ކަމަށާޢި އެ މިންވަރަށް ވާރޭ ވެހިފައިވަނީ އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދުގެ ހެނދުނު 8:00 އާ ހަމައަށް ކަމަށް.
672 ދުވަސް ކުރިން - 15:39
މެޓް އިން ބުނީ މިއަދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެ ތެރެއަށާއި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް.
682 ދުވަސް ކުރިން - 13:51
މިއަދުން ފެށިގެން ރާއްޖޭގެ މޫސުން ރަނގަޅުވާން ފަށާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފި. ނަމަވެސް މިއަދާއި މާދަމާ ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ލަފާކުރޭ
696 ދުވަސް ކުރިން - 10:48
ރާއްޖޭގެ ސަރަޙައްދުތަކުގައި ހުޅަނގު މޫސުން ބާރުގަދަވެ، ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު އުފެދިފައިވާ ކަމަށް މެޓް އިން މަޢުލޫމާތު ދީފައިވޭ.
697 ދުވަސް ކުރިން - 22:15
ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާއި ދުރުން އުތުރާއި ދެކުނުގައި ދެ ކޮޅިގަނޑު ވަނީ އުފެދިފައި. އެއާއެކު ވޭތުވެދިޔަ ހަތަރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާއްމުވައި ވަރަށް ގަދަވެފައިވާކަމަށް މެޓް އިން ބުނި.
699 ދުވަސް ކުރިން - 17:11
މިއަދު ފަތިހު 5:40 ގައި މާލެ ސަރަހައްދަށް ގަޑިއަކު 58 މޭލުގެ ބާރުމިނުގައި ވައިޖެހުނު ކަމަށާއި، މާދަމާ ފަތިހުވެސް ވައިގަދަވާނެ ކަމަށް މެޓުން ބުނި.
699 ދުވަސް ކުރިން - 12:58
ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް. މެޓް އޮފީހުން ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ހުދު ސަމާލެއްވެސް ނެރެފައި.
700 ދުވަސް ކުރިން - 23:54