
މި ހާދިސާއާ ގުޅިގެން އެންއައިސީން އެކްސް (ކުރީީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާފުށީ ޖަލުގައި ބަންދުގައި ހުރި މީހަކު ދަންޖެހި ނިޔާވި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކޮމިޝަނުގެ ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށް.
667 ދުވަސް ކުރިން - 19:48

މި މައްސަލައާ ގުޅިގެން ހައްޔރު ކުރީ 30 އަހަރުގެ ބިދޭސީއެއް ކަމަށްވާ ރަސުލް އުލާ ރިދޯއީ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކުރެވުނު ކަމަށް ފުލުހުން ބުނި. އެ މުއްދަތު ހަމަވުމާ ގުޅިގެން އަނެއްކާވެސް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި.
667 ދުވަސް ކުރިން - 19:01

ފުލުހުން ވިދާޅުވި ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ފުލުހުންނާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް. މި މަސައްކަތުގެ ތެރެއިން ފުލުހުންގެ ޑޯގް ސްކޮޑް އެއާޕޯޓުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނި.
667 ދުވަސް ކުރިން - 18:45