ފުލުހުން ބުނީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުން ކަމަށް.
696 ދުވަސް ކުރިން - 16:35
ކޯޓު އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތުގެ ތުންފަތް ފަޅައިގެން ގޮސް، އިނގިލިތައް ރަތްވެ، ފައިގެ ފަލަމަސްގަނޑުން އެކި ތަންކޮޅު ނޫފައިގަނެ، ބުރަކަށި ރަތްވެފައިވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް.
697 ދުވަސް ކުރިން - 15:54
އެމްބަސީ ކައިރީގައި ހަޑިހުތުރުކޮށް ޢަމަލުތައް ބެހެއްޓުމުން ޑރ. ޝަޒްރާއާއި އިޔާޒުގެ އަނބިކަނބަލުންނަށް ދަޢުވާކުރަން ނިންމައިފި. އެއީ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދަޢުވާއާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.
698 ދުވަސް ކުރިން - 06:40
ފުލުހުން ބުނީ ގެމެނަފުށި ބޭސް ފިހާރައިން ބޭހެއް ނުލިބިގެން އަންހެނަކު މަރުތޭލެއް ހިފައިގެން ޕާމަސީއަށް ވަދެފައިވާ ކަމަށާއި، އެކަމާ ގުޅިގެން ފާމަސިސްޓު ބިރުގަތުމުގެ ސަބަބުން ރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ފަރުވާދީފައިވާ ކަމަށް.
699 ދުވަސް ކުރިން - 20:02
ސިވިލް ކޯޓުން ކޮށްފައިވާ ފައިސާގެ ހުކުމެއް ތަންފީޒުކުރުމަށްޓަކައި ކޯޓަށް ހާޒިރުނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެނައުމަށް ފުލުހުން މަސައްކަތް ފަށައިފި.
699 ދުވަސް ކުރިން - 18:47
މަޖީދީމަގުގައި ހުންނަ "ޒިއޯންމޯބައިލްސް 4" ފިހާރަ ފަޅާލި މައްސަލައިގައި ހައްޔަރުކުރި މީހާ އަތުން ވަގަށް ނެގި ކަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފި.
699 ދުވަސް ކުރިން - 18:37
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ފިހާރައިން ވައްކަންކޮށްފައިވަނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށާއި، އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 5:35 ހާއިރު ކަމަށް.
699 ދުވަސް ކުރިން - 13:34
ފުލުހުން 25 އަހަރުގެ އިޒާމް ހޯދަމުން ދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުށެހިޅިފައިވާ މައްސަލައެއްގެ އަޑުއެހުމަށް ހާޒިރުނުވެގެން.
699 ދުވަސް ކުރިން - 13:33
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 5 ކިލޯ 936 ގްރާމް ހުރި.
700 ދުވަސް ކުރިން - 16:30
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ހިރުދުމާގެ، އަޙްމަދު ލުޖައިން (24އ). މި މައްސަލައާ ގުޅިގެން ފަސްދުވަހުގެ މުއްދަތަށް އޭން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި.
701 ދުވަސް ކުރިން - 12:02
މި މަސްތުވާތަކެތި އަތުލައިގަނެވިފައިވަނީ 31 އޮކްޓޫބަރު ގައި ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގަ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 3,348,000 ރުފިޔާއަށް އަރާ. ހައްޔަރުކުރީ 45 އަހަރުގެ މީހެއް.
701 ދުވަސް ކުރިން - 19:44
މިހާދިސާއާއި ގުޅިިގެން ފާތިމަތު އަލީ ހައްޔަރުކޮށްފައިވާއިރު އޭނާއަށް އެހީތެރިވި ދިވެހި ފިރިހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާޜު ދަނީ ކުރަމުން. ފޭރުނު ތަކެތީގެ ތަފްޞީލެއް ފުލުހުން އަދި ހާޟައެއް ނުކުރޭ.
703 ދުވަސް ކުރިން - 18:07