ގއ. ގެމަނަފުށި ބޭސް ފިހާރައިން ބޭހެއް ނުލިބިގެން އެރަށުގައި ހަޅުތާލުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ގެމެނަފުށި ބޭސް ފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަނުޖެހުން ފާޅުކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ފިހާރައިގައި އިން ފާމަސިސްޓު ބިރުގަތުމުގެ ސަބަބުން ރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.
ސިއްޙީ މަރުކަޒާއި ޙަވާލާދީ ފުލުހުން ބުނީ އެމީހާއަށް ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފާމަސީއަށް ބޭސް ހޯދަން ވަނީ އަންހެނެކެވެ. އަދި އޭނާ އަތުގައި އެވަގުތު މަރުތޭލެއް އޮތް ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.









