Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

5.9 ކިލޯ މަސްތުވާ ތަކެތީގެ ޝިޕްމެންޓު މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

5.9 ކިލޯ މަސްތުވާ ތަކެތީގެ ޝިޕްމެންޓު މައްސަލައިގައި ދިވެއްސަކު ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
676 ދުވަސް ކުރިން - 2 ނޮވެންބަރު 2024 19:44
ފޮޓޯ: ކަސްޓަމްސް
ފޮޓޯ: ކަސްޓަމްސް
ޚުލާސާ

މި މަސްތުވާތަކެތި އަތުލައިގަނެވިފައިވަނީ 31 އޮކްޓޫބަރު ގައި ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގަ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 3,348,000 ރުފިޔާއަށް އަރާ. ހައްޔަރުކުރީ 45 އަހަރުގެ މީހެއް.

ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 5.9 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ، މި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ކަސްޓަމްސްއިން މިއަދު ހާމަކުރި ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގަނެވިފައިވަނީ 31 އޮކްޓޫބަރުގައި ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނަބިސް އަދި ކެތިނޯންއެވެ.

Advertisement

Advertisement 1

ކަސްޓަމްސްގެ ބަޔާނުގައި ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މަސްތުވާތަކެތީގެ މަގުމަތީ އަގު 3,348,000 ރުފިޔާއަށް އަރައެވެ. އަދި މި މައްސަލައާ ގުޅިގެން އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، މައްސަލައިގައި ޝާމިލްވާ 45 އަހަރުގެ ދިވެހި ފިރިހެނާ މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

 ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ ޖަނަވަރީ 1 އިން އޮގަސްޓު 31 އާ ހަމައަށް، ޖުމްލަ 282 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެވިފައިވެއެވެ.

މީގެ އިތުރުން، މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި 8,554 މީހުން ބަލައި ފާސްކޮށްފައިވާއިރު، 712 މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ޖުމްލަ 113 އޮޕަރޭޝަން ހިންގާފައިވާއިރު، 80 ބިދޭސީން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކުށްކުރުންކަސްޓަމްސްމޯލްޑިވްސް ޕޮލިސް ސަރވިސް
Advertisement
Advertisement

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

3 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%