Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އޮޅުވާލައިގެން ފޭރުމުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

އޮޅުވާލައިގެން ފޭރުމުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ
678 ދުވަސް ކުރިން - 31 އޮކްޓޫބަރު 2024 18:07
އޮޅުވާލައިގެން ފޭރުމުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި
ޚުލާސާ

މިހާދިސާއާއި ގުޅިިގެން ފާތިމަތު އަލީ ހައްޔަރުކޮށްފައިވާއިރު އޭނާއަށް އެހީތެރިވި ދިވެހި ފިރިހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާޜު ދަނީ ކުރަމުން. ފޭރުނު ތަކެތީގެ ތަފްޞީލެއް ފުލުހުން އަދި ހާޟައެއް ނުކުރޭ.

މާލޭގައި ހިނގި އޮޅުވާލައިގެން ފޭރުމުގެ މައްސަލައަކާ ގުޅިގެން މާލޭގެ އަންހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނީ މއ. ފޯޗިއުންގެ ފާތިމަތު އަލީ (37 އަހަރު) ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި މި މައްސަލަ ހިނގާފައިވަނީ ރޭ 10:00 ހާއިރު މާލޭގެ ގަލޮޅު ސަރަހައްދުގައި ހުންނަ ގެއެއްގައެވެ. މި ހާދިސާގައި އެ އަންހެންމީހާ ވަނީ ބަންގްލަދޭޝްގެ މީހަކަށް އޮޅުވާލައިގެން ގެއަކަށް ގެންގޮސް ވަޅިން ބިރުދައްކައި ފޭރިފައިވާކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ފޭރުނު ފައިސާގެ އަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވާއިރު، ފުލުހުން މިހާރު ދަނީ މި ހާދިސާގައި އޭނާއަށް އެހީތެރިވެދިން ކަމަށް ތުހުމަތުކުރެވޭ ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement 1

ފުލުހުން ފާހަގަކުރިގޮތުގައި މިފަދަ މައްސަލަތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަނީ ގްރޫޕް ހަދައިގެން ހިންގާ ޖަރީމާތަކެއްގެ ގޮތުގައެވެ. މިގޮތުން މިދިޔަ ސެޕްޓެމްބަރު މަހު، މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް، ބިރުދައްކައިގެން ކޭޝް ކާޑުގެ ޕިން ނަންބަރު ހޯދައި އެކައުންޓުން ފައިސާ ފޭރުނު މައްސަލައެއްގައި ވެސް ތިން މީހެއްގެ މައްޗަށް ވަނީ ދަޢުވާ އުފުލާފައެވެ.

"ގުރޫޕް ހަދައިގެން ފޭރެނީ ހަކުރުބޯން ވެގެން. އަންހެން މީހާ ބޭނުންކޮށްގެން ފައިސާ މިހޯދަނީ ބޮންދުންގެ އަތުން.. ތިގޮތަށް މުޅިން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުން. މާލޭގައި މަސްތުވާތަކެތި އެހާ ގިނައެހާ ބާރުވެސް ގަދަ. ނުލާހިކު ބާރުގަދަ އެއްޗެހި އެއީ. އެހެންވެ އެއަށް "ސިކުވެގެން" ފައިސާ ހޯދަން އެބަޖެހޭ ކޮންމެ ގޮތެއް ހަދައިގެންވެސް. މިއީ އަސްލު މިވާގޮތަކީ" މަސްތިވާތަކެއްޗަށް ދެވިހިފާފައިވާ މީހަކު ބުންޏެވެ.

ކުށްކުރުންމޯލްޑިވްސް ޕޮލިސް ސަރވިސްފޭރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

އިތުރުފުޅު ހެއްދެވުމަށްފަހު، ޗިޓު ބަލައިގަތުމަށް ޔާމީން ދެކޮޅު ހައްދަވައިފި

1 ދުވަސް ކުރިން - 16:22

އައްޑޫ ސިޓީ ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

ހިތަދޫގައި އަލަށް އިމާރާތްކުރި ޕޮލިސް އެކޮމޮޑޭޝަން ބިލްޑިންގ ރަސްމީކޮށް ހުޅުވައިފި

1 ދުވަސް ކުރިން - 11:50

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

މަސްތުވާތަކެތީގެ ފަރުވާއާއި ރީހެބިލިޓޭޝަނާ ގުޅޭ އިންޓަރއޭޖެންސީ ފޯރަމެއް ކެނަރީފް ރިސޯޓުގައި ބާއްވައިފި

1 ދުވަސް ކުރިން - 11:24

ހުޅުމާލެއިން އެޕާޓްމަންޓް ކުއްޔަށްދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހިންގާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

އެޕާޓްމަންޓް ސްކޭމްތަކަށް ސަމާލުވާން އިލްތިމާސްކޮށްފި

1 ދުވަސް ކުރިން - 10:48

އަލިފާނުގެ ހާދިސާއާ ގުޅިގެން ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

ޔާމީން ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރަން ފުލުހުންނަށާއި އެންއައިސީއަށް ހުށަހަޅައިފި

2 ދުވަސް ކުރިން - 23:52

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

ހެލްމެޓާއި ސީޓްބެލްޓް ބޭނުންކުރުން ރާއްޖޭގައި އިހްތިޔާރީ ކަމެއްގެ ގޮތުގައި ދެކެނީ ކީއްވެ؟

3 ދުވަސް ކުރިން - 13:20