Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑރ. ޝަޒްރާއާއި ޑރ. އިޔާޒުގެ އަނބިކަނބަލުންނަށް ދަޢުވާކުރަނީ

ޑރ. ޝަޒްރާއާއި ޑރ. އިޔާޒުގެ އަނބިކަނބަލުންނަށް ދަޢުވާކުރަނީ

ހުސައިން އިސްމާއިލް
582 ދުވަސް ކުރިން - 6 ނޮވެންބަރު 2024 06:40
ޑރ. ޝަޒްރާއާއި ޑރ. އިޔާޒުގެ އަނބިކަނބަލުންނަށް ދަޢުވާކުރަނީ
ޚުލާސާ

އެމްބަސީ ކައިރީގައި ހަޑިހުތުރުކޮށް ޢަމަލުތައް ބެހެއްޓުމުން ޑރ. ޝަޒްރާއާއި އިޔާޒުގެ އަނބިކަނބަލުންނަށް ދަޢުވާކުރަން ނިންމައިފި. އެއީ އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދަޢުވާއާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ.

ޑރ. ޝަޒްރާ އިބްރާހީމް އާއި އިޔާޒްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާގެ މައްޗަށް އެކަށީގެން ނުވާ ވަރަށް އަޑުގަދަކުރުމުގެ ކުށުގެ ދަޢުވާއާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލައިފިއެވެ. 

އެ ދެމީހުންނަށް ދަޢުވާ ކުރަނީ ފަލަސްޠީނުގައި ހިނގާ ހަނގުރާމައާއި ގުޅިގެން މާލޭގައި ސިޔާސީ ގޮތުން ބޭއްވި މުޒާހަރާތަކުގެ ތެރެއިން އެމްބަސީތައް ކައިރީގައި ޤާނޫނާއި ޚިލާފަށް ޢަމަލުކޮށް ސަފީރުންނަށް އުނދަގޫކުރި މައްސަލަ ތަޙުޤީޤު ކުރުމަށްފަހުގައެވެ.

Advertisement

Advertisement 1

ޑރ. އިޔާޒުގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އެންމެ ފުރަތަމަ ބައްދަލުވީ ރައްޔިތުންގެ މަޖިލިސް ކައިރީގައި އޮތް މުޒާހަރާއަކުން. ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ނުބައިކޮށް މާނަކޮށް ނާޖާއިޒު ސިޔާސީ މަންފާތަކެއް ޙާޞިލް ކުރުމަށްޓަކައި ދިވެހި ސަރުކާރަށް ޖެއްސުން ކުރުމުގެނިޔަތުގައި ބޭރުގެ އެމްބަސީތައް ކައިރީ އަޑުގަދަކޮށް ސަފީރުންނަށް އުނދަގޫކޮށް މަސައްކަތްތަކަށް ހުރަސް އެޅުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން. / ފޮޓޯ: ސޯޝަލް މީޑިއާ

ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހިމްގެ މައްސަލައިގައި ދަޢުވާ ކުރުމާމެދު ހުސްވި ހަފްތާގައި ގޮތެއް ނިންމާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ސެޕްޓެމްބަރު މަހު، ސަޢޫދީ އެމްބަސީ ކައިރީގައި މުޒާހަރާކުރަނިކޮށް ފުލުހުން މި ދެމީހުން ހައްޔަރުކުރީ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލެވުމާއި، ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކުރުމުގެ ސަބަބުން ކަމަށް ޚުލާސާއިން އޭރު ކުރިސުވާލަކަށް ޖަވާބު ދެއްވަމުން ޕޮލިސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމެއްގައި ޤާނޫނީ ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި ބޭރުގެ އެމްބަސީތައް ކައިރިޔަށް އެއްވެ ޞުލްޙަވެރި މުޒާހަރާތަކުގެ އުޞޫލުތަކާއި މުޅިން ޚިލާފަށް މި ދެމީހުން ޢަމަލުކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާއިރު އެމީހުން ކުރި ކަންތައް ދިފާޢުކުރާ ބަޔަކު ވެސް އުޅެއެވެ.

އެމްބަސީތައް ކައިރީގައި މުޒާހަރާކޮށް ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ދެ ފަހަރެއްގެ މަތިން މި ދެމީހުންގެ ބަންދުގެ މުއްދަތު މީގެ ކުރިން އިތުރުކޮށްދީފައެވެ. ނަމަވެސް، ހައިކޯޓުން ފަހުން ވަނީ އިޔާޒްގެ އަނބިކަނބަލުން އިސްތިއުނާފްކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން ޖެހި ބަންދުގެ މުއްދަތު ނިމުމަކަށް ގެނެސްދީފައެވެ. އޭގެފަހުން ދައުލަތުން މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ ކޯޓުން ވަނީ މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައެވެ.

ކުށްކުރުންމޯލްޑިވްސް ޕޮލިސް ސަރވިސްޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
Ad
Ad

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

10 ދުވަސް ކުރިން - 00:06

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

ފިނޭ ޕޮލިސް ޕޯސްޓުގެ ހުރިހާ މަސައްކަތެއް ނިންމާލައިފި

10 ދުވަސް ކުރިން - 15:02