ސިވިލް ކޯޓުން ކޮށްފައިވާ ފައިސާގެ ހުކުމެއް ތަންފީޒުކުރުމަށްޓަކައި ކޯޓަށް ހާޒިރުނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ގެނައުމަށް ފުލުހުން މަސައްކަތް ފަށައިފިއެވެ.
ފުލުހުން މިހާރު ހޯދަމުންދަނީ ނ. ހޮޅުދޫ، މަލިކުރުވާގެ، އަޙްމަދު ޙަލީމް (36 އަހަރު) އެވެ. ފުލުހުން ބުނީ އޭނާ ހޯދަމުންދަނީ ރަހުނު ނުހިމެނޭ ފައިސާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަޙްމަދު ޙަލީމް ކޯޓަށް ހާޒިރުނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން 2024 ނޮވެންބަރު 5 ވަނަ ދުވަހު ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އަޙްމަދު ޙަލީމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.








