ދިވެހި ފިރިހެނަކު ހުޅުމާލޭ ކާރެއްގެ ތެރޭގައި ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ފަސްމީހުން ދޫކޮށްލައިފި.
684 ދުވަސް ކުރިން - 16:30
ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައިވަނީ އެ ދެމަފިރިން ރާއްޖެ އައި އިރު އެ މީހުންގެ ލަގެޖުގެ ތެރެއިން ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް.
684 ދުވަސް ކުރިން - 13:32
ހެންވޭރު ގެއެއްގެ ތެރެއިން އިލެކްޓްރޯނިކް ސާމާނުން ވައްކަން ކުރި ދެ މީހުން ހައްޔަރުކޮށްފި. މި ދެމީހުން ގެ މައްސަލަ ފުލުހުން ދަނީ ބަލަމުން.
686 ދުވަސް ކުރިން - 15:29
މަޑިފުށީގެ ބަނދަރު ސަރަހައްދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއިއެކު ހައްޔަރުކުރި އެރަށު އެދުރުގެ، ހާޝިމް ޢަބްދުﷲ (28އ) ގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ.
687 ދުވަސް ކުރިން - 10:20
ފާއިތުވި އަހަރު ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 158 އޮޕަރޭޝަން ހިންގައި، 48 ޑްރަގް ކެފޭ ބަންދުކޮށް، 1009 މީހުން ހައްޔަރުކޮށް، 183 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 8451 ބަނގުރާ ދަޅު/ފުޅި ހިފަހައްޓާފައިވޭ.
688 ދުވަސް ކުރިން - 19:53
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙާއި ގުޅިގެން މިއަދުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވާނެ.
688 ދުވަސް ކުރިން - 13:45
ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކާއި، 18 އަހަރުގެ މީހަކު، އަދި ވީޑިއޯ ކުރުމުގައި އެހީތެރިވި 21 އަހަރުގެ މީހަކު ހިމެނޭކަމަށް ފުލުހުން ހާމަކުރި.
688 ދުވަސް ކުރިން - 12:54
ކުއްލި ޙާލަތުގައި ގުޅުމަށް 911 ގެ ޚިދުމަތް ފަށައިފި. ހޯމް މިނިސްޓަރު އަލީ އިޙްސާން މި ޚިދުމަތް އިފްތިތާޙުކުރެއްވުމާއެކު ކުރިން އެކި ނަންބަރުތަކަށް ގުޅަންޖެހުމުގެ ދަތިކަން ނިމުމަކަށް އައިސްފި.
689 ދުވަސް ކުރިން - 09:37
އުމުރުން 15 އަހަރު ނުވާ ކުދިންގެ ފޯނުތައް ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ނުލިބޭނެކަމަށް ހައިކޯޓުން ނިންމައިފި. މިއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ޤާނޫނީ ވަކީލުން ދެކޭ.
689 ދުވަސް ކުރިން - 15:31
ފުލުހުން ޢިއުލާނުކޮށްފައިވަނީ މާއިސް މުޙައްމަދު، ކ.ކާށިދޫ، ފަޒާ (27އ) އަދި ޢާއިޝަތު ނުހާ، އދ. ކުނބުރުދޫ/މާބަގީޗާގެ (24އ) ހޯދުމަށް. މި ދެމީހުންވެސް ހޯދުމަށް ޢިއުލާނުކޮށްފައިވަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައި.
690 ދުވަސް ކުރިން - 14:57
އެ ދެ މީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން، އެ ރަށު ގެއެއް ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނި.
690 ދުވަސް ކުރިން - 14:51
މި އެކްސްޕޯ ވެގެންދާނީ ކުރިމަތިވާ ސައިބަރ އެޓޭކްސްތަކާއި މިފަދަ އެޓޭކްސްތައް ހުއްޓުވަން ކުރެވިދާނެ ކަންކަމާމެދު މި ދާއިރާގެ ފަންނީ މާހިރުންނާ މަޝްވަރާކޮށްލަން ލިބޭނެ ރަނގަޅު ފުރުސަތަކަކަށް ކަމަށް ފުލުހުން ބުނި.
690 ދުވަސް ކުރިން - 14:45