ހެންވޭރު ގެއަކުން އިލެކްޓްރޯނިކް ސާމާނު ވަގަށް ނެގި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވަނީ މި ދެ މީހުންގެ ވަނަވަރު ވެސް އާންމުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ހ.ސަމާގްރީން، އިބްރާހިމް ޒަކަރިއްޔާ (33އ) އަދި ސ.ހިތަދޫ، ކުރިބޯށިގޭ، މުޙައްމަދު (36އ) ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި ދެ މީހުން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ އިލެކްޓްރޯނިކު ސާމާނުތަކެއް ގެއެއްގެ ތެރޭ ފޮރުވާފައި ހުއްޓާ ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އޭގެ ތެރޭގައި ލެޕްޓޮޕްތަކާކާއި، ޓެބްލެޓްތަކަކާއި، މޯބައިލް ފޯނުގެ އިތުރުން އެހެން އެއްޗެހި ވެސް ހުރި ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނެފައިވަނީ މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް 15 ދުވަސް ޖެހުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލަ ބަލާ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.









