ތ. މަޑިފުށީ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މިދިޔަ ބުރާސްފަތިި ދުވަހު ހިންގި މި އޮޕަރޭޝަންގައި މަޑިފުށީގެ ބަނދަރު ސަރަހައްދުން ހައްޔަރު ކޮށްފައިވަނީ ތ.މަޑިފުށި/އެދުރުގެ، ހާޝިމް ޢަބްދުﷲ (28އ) އެވެ.
ޕޮލިހުން ބުނިގޮތުގައި އެމީހާ ބަލައި ފާސްކުރުމުގެ ތެރެއިން އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ވަނީ ފެނިފައެވެ.
މި މައްސަލައިގައި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މަޑިފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއްދީފައެވެ.
މި މައްސަލަ މަޑިފުށީ ޕޮލިހުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.









