ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.
ނޮވެމްބަރު 12ވަނަ ދުވަހު ހުޅުމާލޭގައި މީހަކު ރަހީނުކޮށް އަނިޔާކޮށް އަދި ބިރުދެއްކި މައްސަލައިގައި ބަންދުކޮށްފައިވާ ފަސް މީހުންނަކީ:
• ތޮލާލު މޫސާ (37 އަހަރު، މާލެ)
• ހުސާމް އިބްރާހިމް (34 އަހަރު، ރަތްބަގީޗާގެ / ހދ. ކުމުންދޫ)
• އާދަމް ޝަރީފް (36 އަހަރު، ރަތްބަގީޗާގެ / ހދ. ކުމުންދޫ)
• ހުސެއިން ހައިކަލް ނިޔާޒް (23 އަހަރު، ގ. ކަޅަގާރިމާގެ)
• އަހުމަދު ރިޝްފާން (26 އަހަރު، ހުޅުމާލެ)
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އެމީހުން ދިވެހި ފިރިހެނަކު ރަހީނުކޮށް، އަނިޔާކޮށް ބިރުދެއްކުމުގެ އިތުރުން އޭނާގެ ޢާއިލާ އަށް ގުޅައި ފައިސާ އަށް ޑިމާންޑުވެސް ކޮށްފައިވެއެވެ.
މި މައްސަލައިގައި ފުރަތަމަ 37 އަހަރުގެ މީހަކު ހައްޔަރުކޮށްފާވާއިރު، އޭގެ ފަހުން އިތުރު 4 މީހުން ހައްޔަރުކުރެވުނު ކަމަށް ވެސް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ހައްޔަރުކުރެވުނު ފަސް މީހުން ބަންދާއި މެދު ވަކި ގޮތެއް ނިންމުމަށް ހުޅުމާލޭ މެޗިސްޓްރޭޓް ކޯޓަށް އޢރު ގެންގޮސްފާވީއިރު، އެމީހުންގެ މައްޗަށް ހަތް ދުވަހުގެ މުއްދަތެއް ޖެހިއެވެ.









