މިފަދަ ހާދިސާތަކަށް އެ ކުންފުނީގެ ޓީމުތައް އަބަދުވެސް ތައްޔާރަށް އޮންނަކަން ފާހަގަކުރަމުން އެމްއޭސީއެލް އިން ބުނީ، މި ހާދިސާއާ ގުޅިގެން ސީޕްލޭންގެ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އަރާފައިނުވާ ކަމަށް. އަދި ވޯޓާ އެއިރޯޑްރޯމްގެ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި، އާންމު އުސޫލުން މިހާރުވެސް ކުރިއަށްދާ ކަމަށް.
5 ދުވަސް ކުރިން - 20:05
ޓާމިނަލް 2 އަށް ބަދަލުވާ އެއާލައިންތަކުގެ ތެރޭގައި ނިއޯސް، އޭރޯފްލޮޓް، ޔޫއެސް-ބަންގަލާ، ސެންޓްރަމް އެއަރ، އަޒުރް އެއަރ، އެސް ސެވަން، ޝިރަކް އަވިއާ، ކުވައިތު އެއަރވޭސް، ގުލިވް އެއަރ އަދި ފްރެންޗް ބީ ހިމެނޭ.
26 ދުވަސް ކުރިން - 22:47
މި ދެ އެވޯޑަށް ވީ.އައި.އޭ ނޮމިނޭޓްވީ، ސަރަހައްދީ އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ހާސިލްކޮށްފައިވާތީ. އެމް.އޭ.ސީ.އެލްއިން ވަނީ ދެ ކެޓަގަރީއިންވެސް ވީ.އައި.އޭއަށް ވޯޓުދިނުމަށް އެދިފައެވެ. އެވޯޑްތައް ހާމަކުރާނީ މި އަހަރުގެ ފަހުކޮޅުގަ.
35 ދުވަސް ކުރިން - 09:22
މިއީ ސަރަޙައްދުގެ އެހެން އެއާޕޯޓުތަކާ ވާދަކޮށް ވީއައިއޭ އިން މި ޝަރަފުވެރި އެވޯޑު ހޯދި 13 ވަނަ ފަހަރު. މިއީ އެއާޕޯޓުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަތުރުވެރިންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކުރެވޭ ބުރަ މަސައްކަތުގެ އަގުވަޒަންކުރުން.
49 ދުވަސް ކުރިން - 22:42
މިއަދު ފެށި މި އޮޑިޓްގައި ސަލާމަތާއި، އޮޕަރޭޝަންތަކާއި، އާ ޤަވާޢިދުތަކަށް ތަބާވާ މިންވަރު ބަލާނެ. ބިމުގެ އެއަރޑްރޯމަކާ އެއްތަނެއްގައި ވީއައިއޭ ހުރުމުން، 2025 ވަނަ އަހަރުގެ މޭ މަހުގެ 1 އިން ފެށިގެން އަމަލުކުރާ އާ ގަވާޢިދުތަކުގެ ދަށުން ސެޓްފިކޭޝަން މަޖުބޫރު.
55 ދުވަސް ކުރިން - 21:04
މި ޖާގަތަކަށް ކުރިމަތިލެވޭނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) ނުވަތަ ކަސްޓަމްސްގައި ރަޖިސްޓަރީކޮށްފައިވާ ކާގޯ އެއާލައިން، ސޭލްސް އެޖެންޓު، ބްރޯކަރު ނުވަތަ ކުރިއާ އެޖެންޓުންނަށެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ސުންގަޑިއަކީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 10:15.
70 ދުވަސް ކުރިން - 17:15
މިދިޔަ މަހުގެ 27 އާ ހަމައަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.54 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ބުނެފި. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެއް.
74 ދުވަސް ކުރިން - 13:57
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ގައުމުގެ ތަރައްގީގައި އިންޖިނިއަރިންގ ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުގުވެރިކަން އިތުރުކުރުން. މި ހަރަކާތުގެ ތެރެއިން އެމްއޭސީއެލްގެ އިންޖިނިއަރުން ވަނީ ބައިވެރިންނަށް އަމަލީ ތަޖުރިބާ ހިއްސާކޮށް، އެއާޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދީފަ.
78 ދުވަސް ކުރިން - 19:52
މި ޕްރޮގްރާމުގެ ދަށުން އެއަރޕޯޓުގެ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާ ލިބި، މަސައްކަތުގެ މާހައުލަށް ބޭނުންވާ މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްވެ، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެކުދިން ތައްޔާރުވެގެންދާނެ. ސީ.އީ.އޯ ޝަރީފް ވިދާޅުވީ މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ލިބޭ އަގުހުރި ފުރުސަތެއް ކަމަށް.
84 ދުވަސް ކުރިން - 20:25
ސިނާއަތުގެ ތެރޭގައި ބަދަލުކުރެވުނު ޚިޔާލުތަކުން އެނގޭ ގޮތުގައި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މާކެޓަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވުނު ދަނޑިވަޅެއްގައި، ރިސޯޓް ހޮލިޑޭއިން ވަނީ ރަޝިޔާގައި އޮފީސް ހަދައި، ބޮޑެތި ޚަރަދުތަކެއް ކޮށްގެން މާކެޓް ހިފަހައްޓާފަ.
87 ދުވަސް ކުރިން - 21:15
މީގެ ތެރޭގައި 13,542 ޓަނުގެ އިމްޕޯޓް އަދި 4,915 ޓަނުގެ އެކްސްޕޯޓް ހިމެނޭ. ޓްރާންސްޝިޕްމަންޓް ކާގޯ 26 އިންސައްތައިގެ ކުރިއެރުމަކާއެކު 3,650 ޓަނަށް އަރާފައިވާއިރު، މުދާ އުފުލާ ފްލައިޓްތަކުގެ ދަތުރުތައް 12 އިންސައްތަ ވަނީ އިތުރުވެފަ.
87 ދުވަސް ކުރިން - 08:26
އެމްއޭސީއެލް ހިމަނައިގެން ރާއްޖޭގެ ޑެލިގޭޝަންއެއް ރާޝިއާ އަދި ސެއިންޓް ޕީޓާސްބަރގްއަށް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހުނ 21 ވަނ ދުވާހާ ހަމައަށް އޮތް ދަތުރުގައި ބައިވެރިވި.
89 ދުވަސް ކުރިން - 10:06
"ޓެލެޕޯޓް" އިން ޗާޓަރުކޮށްގެން ކުރާ މި ދަތުރުތަކުގައި ބޭނުންކުރަނީ 46 ޓަނުގެ މުދާ އުފުލޭ ބޮއިންގް 767-200 ބޯޓެވެ. މީގެ ބޮޑުބަޔަކީ ޓްރާންސްޝިޕްމަންޓް ކާގޯ. މިއީ ވެލާނާ އެއާޕޯޓް ކާގޯ ހަބެއްގެ ގޮތުގައި ތަރައްގީކޮށް، ދުނިޔޭގެ ބާޒާރުތަކާ ރާއްޖެ ގުޅުވައިދޭނެ މުހިންމު ފުރުސަތެއް.
94 ދުވަސް ކުރިން - 16:50