ހުތުބާގައި ބުނީ މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުއީ ހުކުމްތައް ދޭހަނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާ ކަމަށް.
450 ދުވަސް ކުރިން - 13:16
ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރިވާކަމަށް ޚުޠުބާގައި ބުނި.
464 ދުވަސް ކުރިން - 13:32
"ޢާޝޫރާ ދުޢާ"ގެ ނަމުގައި ވަކި ދުޢާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައި ނެތް.
471 ދުވަސް ކުރިން - 13:00
ޚުޠުބާގައި ބުނީ މި ފެށޭ ހަފުތާއަކީ ހިޖުރީ އައު އަހަރެއް ފެށޭ ހަފުތާއަށް ވާތީ، ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ވިސްނާލަންޖެހޭ ކަމަށް.
478 ދުވަސް ކުރިން - 13:15
ޚުޠުބާގައި ބުނީ މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް.
492 ދުވަސް ކުރިން - 14:39
ޢަރަފާތު ދުވަހު ފާފަފުއްސެވުން އެދި ދުޢާކުރުމަށް ޚުޠުބާގައި ވަނީ ނަސޭޙަތްތެރިވެފައި. އަދި އެ ދުވަހަކީ ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެއް ކަމަށް ޚުޠުބާގައި ބުނި.
499 ދުވަސް ކުރިން - 13:11
މި ދުވަސްތަކުގައި ކުރެވޭން އޮތް ސާލިހު އަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނޭ ކަމަށް ހުތުބާގައި ބުނި.
506 ދުވަސް ކުރިން - 13:28
ޚުޠުބާގައި ބުނީ ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްކަން ކަށަވަރުވާއިރު، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނަން ޖެހޭނެ ކަމަށް.
513 ދުވަސް ކުރިން - 13:00
މާތް ﷲ ގެ ޙަޟުރަތަށް އެންމެހައި މީސްތަކުން ރުޖޫޢަކުރެއްވޭނޭ ދުވަހަށް، ރައްކާތެރިވެ ބިރުވެތިވެވޭނީ، މާތް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވެ، އެ ކަލާނގެ ހަނދުމަކޮށްގެން.
520 ދުވަސް ކުރިން - 13:29
ކޮރަޕްޝަނާއި ޚިޔާނާތާއި އަނިޔާވެރިކަމުގެ ތެރެއިން އަމިއްލަ ޤައުމުތައް ހަލާކު ނުކުރުމަށާއި، މުސްލިމުން ބައިބައިކުރުމަށް ކުރާ މަސައްކަތަށް ހޭލައިތިބެ، އެންމެން ގުޅިގެން އުޅެންޖެހޭ ކަމަށް ބުނެ އިންޒާރު ދެއްވި.
534 ދުވަސް ކުރިން - 13:10
ތަނަވަސްކަމުގެ އަހުލުވެރީންނާއި، ގައިބާރު ހުރެ މަސައްކަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މީހުން ޒަކާތުގެ ފައިސާ ނެގުމަކީ އިސްލާމްދީން ނަހީކުރައްވާފައިވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރި.
541 ދުވަސް ކުރިން - 13:08
ދަރިންނަށް ޢިލްމުގެ އިތުރުން އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް ޚުޠުބާގައި ބުނި.
548 ދުވަސް ކުރިން - 13:05