Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރި ނުކުރެވޭނެ: ޚުޠުބާ

ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރި ނުކުރެވޭނެ: ޚުޠުބާ

އަައިޝަތު ޒީނާ
470 ދުވަސް ކުރިން - 16 މެއި 2025 13:00
މާލޭގެ މިސްކިތެއް. / ފޮޓޯ: ޚުލާސާ
މާލޭގެ މިސްކިތެއް. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޚުޠުބާގައި ބުނީ ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްކަން ކަށަވަރުވާއިރު، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނަން ޖެހޭނެ ކަމަށް.

ޤުރްއާނާއި ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރި ނުކުރެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ އިންސާނުން ދުނިޔޭގައި އުޅުމަށް މާތް ﷲ ޚިޔާރުކުރައްވައިފައިވާ މަގަކީ އިސްލާމް ދީންކަމުގައި ވީ ހިނދު، އެކަލާނގެ ޙަޟުރަތުން މީސްތަކުންނާ ހަމައަށް މިދީން އައިސްފައިވަނީ، މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ މެދުވެރިކުރައްވާ ކަމަށެވެ. އަދި މި ދީން އެކުލެވިގެންވަނީ މައިގަނޑު ދެ މަސްދަރުގެ މައްޗަށް ކަމަށާއި، އެއީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ އަގުމާތްވި ސުންނަތް ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ މާތް ﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށް ކަމުން، އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގަންނަން ޖެހޭކަމަށް ޚުޠުބާގައި ބުންޏެވެ.

Advertisement

Advertisement 1

ޚުޠުބާގައި ބުނީ ﷲގެ ކަލާމުފުޅު އަހަރެމެންނާ ހަމައަށް އައިސްފައިވަނީ މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދޫފުޅު މަތިން ކަމުގައިވީ ހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ޙަޤީޤަތުގައި ޤުރްއާނަށް ވެސް އީމާންވާކަމުގައި ނުވާނެ ކަމަށެވެ.

ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން ޢަމަލުކުރާންޖެހޭ ހުރިހައި ކަމެއް، ކީރިތިވަންތަ ﷲ ޤުރްއާނުގައި ބަޔާންކުރައްވާއިރު، ޤުރްއާން ފިޔަވައި އެހެން މަޞްދަރަކަށް ބަލާކަށް ނުޖެހޭނެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަރަށް ގޯސް ވިސްނުމެއް ކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އިސްލާމީ ޝަރީޢަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫޢަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން ޢަމަލުކުރުމީ މުސްތަޙީލު ކަމެއް ކަމަށެވެ.

އެގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމަށްވާއިރު، ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުންކަން ޚުޠުބާގައި ފާހަގަކުރިއެވެ. ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގެން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައި ނުވާއިރު، ފަރުޟުކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ކީރިތި ޤުރްއާނުން އެނގެން ނެތް ކަމަށް ޚުޠުބާގައި ބުންޏެވެ. މި ކަންކަން އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުން ކަމުން، ނަމާދުކުރާންވީ ގޮތް ކީރިތި ރަސޫލާ ވަނީ ދަސްކޮށް ދެއްވާފައި ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ރަސޫލާގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްކަން ކަށަވަރުވާއިރު، ސުންނަތާ ނުލައި ދީނުގެ ޙުކުމްތައް ނޭނގޭނޭކަން އަހަރެމެން ދަންނަން ޖެހޭނެ ކަމަށެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ ފުރަތަމަ މަޞްދަރުކަމުގައި ކީރިތި ޤުރްއާން ވީފަދައިން، ރަސޫލާގެ ސުންނަތަކީ އެޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކަށަވަރުވާއިރު، ކީރިތި ޤުރްއާން ޤަބޫލުކުރިއަސް ރަސޫލާގެ ސުންނަތް ޤަބޫލުނުކުރާނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެ ކަމަށް ޚުޠުބާގައި ބުންޏެވެ.

ޚުޠުބާގައި ބުނީ ކީރިތި قرآنއާއި سنةއާ ދެމެދުގައި ވާ ގުޅުމަކީ، ޝަހާދަތުގެ ދެކަލިމަ، އެއްކަލިމަ އަނެއް ކަލިމައާ ދެމެދުގައި ވާ ގުޅުމެއް ކަމަށެވެ. އެ ދެކަލިމައިގެ ގުޅުން ވަކިނުކުރެވޭނޭ ފަދައިން ކީރިތި قرآنއާއި سنةވަތްކެއްނުކުރެވޭނެ ކަމަށް ޚުޠުބާގައި ބުންޏެވެ. ނަމަވެސް ސުންނަތް ދޫކޮށްލައި ހަމައެކަނި އަހަރެމެން ޤަބޫލުކުރާނީ ޤުރްއާނޭ ބުނާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ ވަނީ އުއްމަތަށް ދެއްވާފައެވެ. އަދި މިފަދަ މީހުންނާމެދު ރައްކާތެރިވެ ތިބުމަށް ވެސް އެކަލޭގެފާނުވަނީ އިރުޝާދުދެއްވާފައެވެ.

ޚުޠުބާގައި ބުނީ އެކަލޭގެފާނުގެ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ޤުރްއާން ވެސް އަހަރެމެންނާ ހަމައަށް އައިސްފައިވާ ރޮނގުން ކަމުން، ޤުރްއާނާ ސުންނަތް ރައްކާތެރިކުރެވިގެން މެނުވީ ދީން ރައްކާތެރި ނުކުރެވޭނެ ކަމަށެވެ.

ހުކުރު ޚުޠުބާދީން
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަހުމަދު

462 ދުވަސް ކުރިން - 20:37

ތިޔައީ ހަމަ ޙައްޤު ތެދު

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

8 ދުވަސް ކުރިން - 13:25

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

14 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

14 ދުވަސް ކުރިން - 13:22

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

15 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

22 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

29 ދުވަސް ކުރިން - 12:57