Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދީނާއި ޤައުމަށް ފައިދާހުރި ބަޔަކަށް ދަރިން ހެދުމަށް އެދުރުންގެ ދައުރު ބޮޑު: ޚުޠުބާ

ދީނާއި ޤައުމަށް ފައިދާހުރި ބަޔަކަށް ދަރިން ހެދުމަށް އެދުރުންގެ ދައުރު ބޮޑު: ޚުޠުބާ

އަައިޝަތު ޒީނާ
505 ދުވަސް ކުރިން - 11 އޭޕްރިލް 2025 13:05
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނު ދުވަހު ދަރިވަރުން ސްކޫލަށް ދަނީ. / ފޮޓޯ: ޚުލާސާ
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުނު ދުވަހު ދަރިވަރުން ސްކޫލަށް ދަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ދަރިންނަށް ޢިލްމުގެ އިތުރުން އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް ޚުޠުބާގައި ބުނި.

ދަރިން ތަރުބިޔަތުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން، އިސްލާމް ދީނަށާއި ޤައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދިން ހެދުމުގައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ އެފަދަ ތަރުބިޔަތެއް އެ ކުދިންނަށް ދެވޭނީ ކެތްތެރިކަމާއި، ޙިކުމަތްތެރިކަމާއެކު، އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށެވެ.

އިސްލާމީ ރިސާލަތު ފެށުނީ، ކިޔެވުމަށް ކުރެއްވި އަމުރުފުޅުންކަން ޚުޠުބާގައި ފާހަގަކުރިއެވެ. މާތް اللهގެ މި އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތީން، މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ތަޢުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމަށް ޚުޠުބާގައި ބުންޏެވެ. އަދި އިސްލާމީ ތަޢުލީމު ޢާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްޙަމަސަލަސްކަން ޤާއިމުވިކަމަށް ޚުޠުބާގައި ބުންޏެވެ.

Advertisement

Advertisement 1

މި ފެށުނު ދިރާސީ އަހަރު، އިސްލާމް ދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ. އަދި މައިންބަފައިންނާއި ދައުލަތުން ކުދިންގެ ތަޢުލީމާއި ތަރުބިޔަތަށްޓަކައި ތަނަވަސްކޮށްދީފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ދަރީންނަކީ މާތް الله އަހަރެމެންނާ ޙަވާލު ކުރައްވާފައިވާ އަމާނާތެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނީ މިއަދު އެ ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރެވިއްޖެ ނަމަ، މާދަމާ އެ ކުދިންގެ މަންފާ އަހަރެމެންނަށް ކުރާނެ ކަމަށެވެ. އެގޮތުން ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި އުޅުން ދަސްކޮށްދީ، ކީރިތި ޤުރްއާނާއި، މާތް ނަބިއްޔާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތަށް ޢަމަލުކުރަން ދަސްކޮށްދީ، ފަރުޟު ފަސް ނަމާދު އަދާކުރާ ބަޔަކަށް އެ ކުދިން ހެދުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ޚުޠުބާގައި އިތުރަށް ބުނީ ދަރިންނަށް ޢިލްމުގެ އިތުރުން އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ޤައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށެވެ.

ޢިލްމާއި ހުނަރާ އެއް ވަރަށް އެ ކުދިންގެ އަޚްލާޤު ވެސް ރިވެތިކޮށް ބައްޓަންކޮށްދީ، އިސްލާމްދީނަށް ލޯބިކުރާ އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓާ ދަރިންތަކަކަށް އެ ކުދިން ހެދުމަށް މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ހުކުރު ޚުޠުބާދީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

8 ދުވަސް ކުރިން - 13:25

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

ކޯޓަށް މައްސަލަ ނުދަންޏާ ޤާނޫނުތަކުގެ އިސްލާމްވަންތަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް: ރައީސް

14 ދުވަސް ކުރިން - 13:46

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހުގެ 3 ވަނަ ދައުރަށް ބޮޑު އިސްލާހެއް!

އިސްލާމްދީނާ ޚިލާފު ޤާނޫނުތައް އުފަންވުން ހުއްޓުވަން މަޖިލީހަށް ބޮޑު އިސްލާހެއް!

14 ދުވަސް ކުރިން - 13:22

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

15 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

22 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

29 ދުވަސް ކުރިން - 12:57